ޚަބަރު

ޒިޔާދަށް ކުރި ދައުވާ ސާބިތެއް ނުވި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Sosun Fihaara

ޑރ. ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް މި ދައުވާ އުފުލައިފައި ވަނީ މަގާމުގައި ހުންނެވި އިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެ ތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގައެވެ. އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.

އެ އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތުން ކޯޓުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހުކުމް އިއްވަމުން މިއަދު ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާ ބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށާއި މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާއި އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ހުކުމުގަައި ބުނެފައިވެއެވެ.

Ads by HDC
  1. ށަވިޔަނި

    އަދިތިވަރަކުން ދުލެއްނުކުރާނެ ހެކިއުފައްދާ މެޝިން މައްސަލަޖެހުނީ ތޯއްޗެއް ހައްލުވިއަވަހަކަށް އެހެންދޮރާއްޓަކުން ވައްދަފާނެ ރައީސް ޔާމީނުދެކެވާ ލޯބި ރައީސްގެ ކެބިނެޓްގަ އުޅުއްވި ބޭފުޅުންނަށްވެސް ވާނެތާ