އެޑްވަޓޯރިއަލް ވިޔަފާރި

ސުޕަރނެޓް މިހާރު ހިޔާ ފްލެޓްތަކަށް، ކަނެކްޝަން އަދި ފޯނު ހިލޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ)އާ އެކު ޕާރޓްނަރވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައިސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

Ads by Hajj Corporation

މި ޕާރޓްނަރޝިޕް ގާއިމް ކުރެވިފައި ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު މި ޚިދުމަތް ހޯދުމުގައި އެހީތެރިވެދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ ސުޕަރނެޓް ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ހާއްސަ އޮފަރއެއްގެ ދަށުން ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ކޮށްދީފައެވެ.

ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓްގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތަށް އެދިލައްވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ލިބި، ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެއެވެ.

"އުރީދޫ މޯލްޑިވްސްގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް މުޖުތަމައުތަކަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭ ކަމެއް. ޑިޖިޓަލް ޚިދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވާވީއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް. އެހެންކަމުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތާއެކު، އިންޓަރނެޓްގެ ފުރހިމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަރނެޓް ޕޯޓްފޯލިއޯ ދާދި ފަހުން ގެނެވިފައިވާ ބަދަލުތަކާ އެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހައި ސްޕީޑްތަކާއެކު ޑޭޓާ ރޯލްއޯވަރ އަދި ސުޕަރނެޓް ވޮއިސްގެ ޚިދުމަތްވެސް ލިބިގެންދާނެ. މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ހެޔޮ އަގުގައި އެންމެ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ދާދި ފަހުން، އުރީދޫ އިން ވަނީ ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކަށް އެކަށޭނެހެން، ސުޕަނެޓް ޕޯޓްފޯލިއޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާ އެކު 100%އާ ހަމައަށް ޑޭޓާ އެލަވަންސްތައް އިތުރުކުރެވިފައިވުމާ އެކު ސުޕަރނެޓް ގެ ޕްލޭންތަކަކީ މިހާރު މާކެޓްގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭންތަކެކެވެ. މީގެ އިތުރުން އަންލިމިޓެޑް ޑޭޓާ ރޯލްއޯވަރއާއި ސުޕަރނެޓް ވޮއިސް - ލޭންޑްލައިންގެ ޚިދުމަތް ވެސް ސުޕަރނެޓް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް، ސުޕަރނެޓް 40އެމްއާއި މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، ލޯކަލް އަދި އިންޓަރނޭޝަނަލް ބްރޭންޑްތަކާއި ޕްލެޓްފޯމްތަކުން ހާއްސަ އޮފަރތައް ލިބިގެންދާނެއެވެ.

ރާއްޖޭގެ އާބާދީގެ 75%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާ ވެސް ގިނަބަޔަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް އެކުންފުނިން އަރުވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!