ދުނިޔެ

ހުކުރު ކުރަން ފުރުސަތު ނުދީ، އިންޑިއާގައި ނަމާދު ކުރާ ސަރަހައްދުތަކަށް ހިންދޫން ވެރިވެ ގަންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުސްލިމުން އާންމު ގޮތެއްގައި ހުކުރު ނަމާދު ކުރާ ސަރަހައްދުގައި ހިންދޫން ހަރަކާތްތެރިވަނީ

ކޮންމެ ހުކުރު ދުވަހަކު ވެސް ނާޖީސް މުހައްމަދު ހުކުރު ނަމާދު ކުރަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އައްސޭރިފަށުގައި ހުންނަ ސެޓެލައިޓް ސިޓީއެއް ކަމަށްވާ ގުރްގާއޮން ހުންނަ އޭނާގެ ފިހާރަ ކައިރީގައި އޮންނަ އާންމު މައިދާނެއްގައެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު އޭނާއަށް ހުކުރު ނަމާދެއް ނުކުރެވުނެވެ. އިންޑިއާގެ ހިންދޫން އަޅުކަން ކުރުމަށް ނަމާދު ކުރާ ސަރަހައްދު ނަގައިފައިވާތީއެވެ.

Ads by Sosun Fihaara

އިންޑިއާގެކަނާތު ފިޔައިގެ ހިންދޫ ޖަމާއަތްތަކުން ވަނީ އަހަރެއް ވަންދެން ކޮންމެ ހުކުރު ދުވަހަކު އިންޑިއާގެ މުސްލިމުން ނަމާދު ކުރަމުން އައި ބިމެއްގައި، ހިންދޫން އަޅުކަން ކުރުމަށް ޓެންޓް ޖަހައިފައެވެ.

ހިންދޫންގެ މި ފެސްޓިވަލުގައި އިންޑިއާގެ ސިޔާސީ ގިނަ ބަޔަކު ބައިވެރިވެއެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ކަޕިލް މިޝްރާ ވެސް ބައިވެރިވެއެވެ. ކަޕިލް މިޝްރާއަކީ މިދިޔަ އަހަރު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލު އާއްމު ހިންގަށް ހިތްވަރުދިން މީހުންގެ ތެރެއިން އެކަކެވެ.

އިންޑިއާގެ ހަރިޔާނާ ސްޓޭޓުގެ ހުންނަ 37 އާންމު މައިދާނުގެ ތެރެއިން 8 މައިދާނުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަ ވަނީ ބާތިލްކޮށްފައެވެ. ފުލުހުން މިފިޔަވަޅު އެޅީ، ލައުޑްސްޕީކަރުތަކުގައި ދީނީ ލަވަތައް ކުޅެ، ނަފްރަތު އުފެދޭ ފަދަ ޝިއާރުތައް ފާޅުކޮށް، އެ ތަންތަނުގައި ހުކުރު ނަމާދަށް ހުރަސްއަޅައި ހިންދޫ ޖަމާއަތްތަކުން އެތައް ހަފުތާއެއް ވަންދެން ހިންގި ކެމްޕެއިނަށް ފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!