ޚަބަރު

ބާރުބޮޑު ނޫން މަގުތަކުން ގަރާޖު ސްލޮޓް ދޫކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ހޯދުމަށް ދިމާވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ޓްރެފިކަށް ބާރު ބޮޑު ނޫން މަގުތަކުން ގަރާޖް ސްލޮޓް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by STELCO

މިއަދު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގަރާޖު ސްލޮޓް ދޫކުރާނީ ސިޓީ ކައުންސިލާ އެކު ހަދާ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

"އެ ސްލޮޓަކީ އެ ވެހިކަލް ރަޖިސްޓްރީކޮށް ދުއްވާހާ ހިނދަކު ފިޒިކަލީ އެ ވެހިކަލަށް އޮންނާނެ ޖާގައެއް،"  މޭޔަރު ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅަައިފައި ވަނީ ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ބޭނުން ނުވާގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ މިހާރު ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ގަރާޖު ސިޓީ ހޯދުން އޮންނަ ގޮތުން ވެސް އެކަމުގެ އަސްލު މަގްސަދު ހާސިލް ނުވާ ކަމަށެވެ.

މާލެއަށް ވެހިކަލް އެތެރެކޮށްފައި ހުރި އަދަދުތަކުގެ މައުލޫމާތު ސިޓީ ކައުންސިލުން އެއްކުރަމުން އަންނަ ކަމަށާއި ލިބުނު މައުލޫމާތުގެ އަލީގައި މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!