ޚަބަރު

ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށައިފި އެވެ.

Ads by MWSC

އެމްޕީއެލް އިން ބުނީ މިއީ ބަސް ސްޓޮޕްތައް އިތުރުކޮށް އާންމުންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރެވުނު ކަމެއް ކަމަށެވެ.

އަލަށް ބަސް ދަތުރުކުރަން ފެށި މާލޭގެ ދެ ޕޮއިންޓަކީ ކާނިވާ ސަރަހައްދުގައި ހަދާފައިވާ ބަސް ސްޓޮޕާއި، ހެންވޭރު ވޮލީކޯޓު ކުރިމައްޗަށެވެ.

ހުޅުމާލޭގައި އަލުން ބަސް ދަތުރުތައް ފަށާ ދެ ސަރަހައްދަކީ ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމަތީގައިވާ ބަސް ސްޓޮޕާއި، ހުޅުމާލޭގައި ރެޑްވޭވުން ހަދާފައިވާ ފުރަތަމަ ފިހާރަ ކައިރީގައިވާ ބަސް ސްޓޮޕެވެ.

މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ސްޓޮޕްތައް ފެށުމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ހުޅުމާލެއަށް ދަތުރުކުރާ ބައެއް މީހުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!