ފިރިހެނަކު ބަރަހަނާކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި
ފިރިހެނަކު ބަރަހަނާކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ރޭ 03:49 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލާއާ ގުޅިގެން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
Ads by Allied Insurance