ޚަބަރު

12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާާއްޖޭގެ އުތުރުގެ އަތޮޅެއްގެ ރަށެއްގައި 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު، 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންގެ މައްސަލަތަކުގައި މައްސަލަތަކުގައި ހިމެނޭ ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ކާފަ އާއި މުނި ކާފަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައަށް ފަހުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އިތުރު މައްސަލަތަކެއް އަންނަނީ ތިލަވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!