ޚަބަރު

ކުޑަ ދެކުދިންނާއެކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބަންޑުން ޖަހާލި ޑިންގީ.. ފޮޓޯ:އެމްއެންޑީއެފް

ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް ، އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހައިލުމާ ގުޅިގެން އެމްއެންޑިއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފްއިން ވިދާޅުވީމިހާދިސާގެ ހިނގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައި ވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހައިއިރު ކަމަށެވެ. ނޮދަން އޭރިއާގެ ލޯންޗަށް މަންޒަރު ފެނުނުއިރު ބަންޑުން ޖަހައިލައިގެން އުޅުނު ޑިންގީން ކަނޑުވެފައި ތިބި މީހުން އެ ސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގަމުންދިޔަ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިހާދިސާގައި ބަންޑުން ޖަހައިލި ލޯންޗްގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ.

އެމްއެންޑީއެފްއިން ވަނީ ބަންޑުން ޖަހައިލި ލޯންޗްގައި ތިބި ކުޑަ ދެކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ. އަދި އެ ފަރާތުން ވަނީ ޑިންގީ ފުށުން ޖަހައި ކަފު ޖަހައިގެން މިއަދު 17:15 ހާއިރު ނޮޅިވަރަމަށް ޑިންގީ ގެންގޮސްދީފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!