ފައިސާ ޗާޕުކުރުމަކީ ސަރުކާރުން އެޅި އެންމެ ހަރުދަނާ ފިޔަވަޅު: ޝިފާއު
ފައިސާ ޗާޕުކުރުމަކީ ސަރުކާރުން އެޅި އެންމެ ހަރުދަނާ ފިޔަވަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިފަދައިން ވިދާޅުވީ ފައިސާ ޗާޕުކުރަން މަޖިލީހުން ސަރުކާރަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ސަރުކާރުން ފޮނުވުމާ ގުޅިގެން މާލިއްޔަތު ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
ޝިފާޢު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އިޤުތިޞާދަށް ކުރިމަތިވި ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށް ބޮޑު ކާމިޔާބެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ފައިސާ ޗާޕުކުރެވިގެން ދިޔުމަކީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާޢު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުން ހިމެނޭ ކަމަށެވެ.
ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ބިލިއަނަށް ދަށްކޮށް އަންނަ އަހަރުގެ ނިޔަލަށް ހުއްދަ ދޭން މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ ޗާޕުކުރާ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ ބޮޑުނުވާނެހެން އެއް އަަހަރު ދުވަހުގެ މުއްދަތަށެވެ.
ޥެރިންނާ މަޖިލީސްމެމްބަރުންނަން ތިވަރަށް ހަރަދުކުރަންޏާ ކިތައްމެވަރަންފައިސާޗާޕުކުރިޔަސް ރަންޔިތުންބަޑަެްޖެހޭނެ ތިވެރިންގެހަރަދުތައް.ކުޑަކުރާހިޔާލެއްނެތީތަ
މިބައިމީހުންނަށް މިސަރުކާރު ގޯސްނުވާނެ ކައްކައިކާންހުރި ތެލިތައްޓާއި، އުނުއޮރިޔާން ނިވާކުރަންގެންގުޅޭ އަންނައުނުތައް ވިއްކާލިޔަސް ޝިފާއު ދޮންފުތުވިަސް ތީބޮޑުވަރު ބަލަގަ ހަމައެއްކަމެއް ވަކިބަޔަކުކުރުމުން ގޯސްވެފަ ތިމަންމީހާ އެކަން ކުރަންވީމަ އެކަން އެއީ ރަނގަޅުކަމަކަށްވީމާ ރީއްޗެއްނޫނޭ ތިޔައީ ގައުމުދެކެ ލޯބިން އުޅޭ ބައިގަނޑެއް ނޫނޭ ތިޔައީ ގައްދާރުން
އެމްޑީޕީ މީހުންނަކީ ގައުމަށް ހެޔޮއެދޭ ބައެއްނޫން ބޮނޑި ބަންނަންއުޅޭ ބައިގަނޑެއް ޔާމީނުސަރުކާރުން ފަންޑުހޯދާ ތަރަށްގީތަށް ފަށާ ނިންމަން ހުރިކަންތަށް ނިމްމާފަ މސަރުކާރުންރިބަންކަނޑަނީ ވަރަށް ވަރަށްސާފް