ޚަބަރު އިޖުތިމާޢީ

ރިސޯޓްތަކުން ކަނޑަށް ކުނިއެޅުމުގެ ހުއްދަ އޮތް ގަވާއިދު އިސްލާހުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރިސޯޓަކުން ކަނޑަށް އުކާލި ކުނިތަކެއް/ ފޮޓޯ ފޭސްބުކް

ރިސޯޓުތަކުން ކަނޑަށް ކުނިއެޅޭ ގޮތަށް އޮތް ގަވާއިދު އިސްލާހުކޮށްފިއެވެ.

Ads by MWSC

އެ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުގައި ކާބޯތަކެތީގެ ކުނިބުންޏާއި އަމިއްލައަށް ނެތިފަނާވެދާ ބަޔޮޑިގްރޭޑަބަލް ތަކެތި، ކައިރީގައި ކުނި ނައްތާލެވޭނެ ގޮތެއް ނެތް ނަމަ ކަނޑަށް އެޅިދާނެއެވެ. އެހެން ނަމަވެސް ގަވާއިދު އިސްލާހުކޮށް އެގަވާއިދު ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އެއްވެސް ޒާތެއްގެ ކުންޏެއް ކަނޑަށް އެޅުމަކީ މަނާކަމެކެވެ.

އިސްލާހުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އުނިކޮށްފައެވެ.

ރިސޯޓުތަކުން ކަނޑަށް ކުނިއެޅުން މަނާކޮށް އެ ގަވާއިދު އިސްލާހުކޮށްފައި ވާއިރު ދާދި ފަހުން ވަނީ ރިސޯޓަކުން ކަނޑަށް އުކައިލި ގިނަ އަދަދެއްގެ ކުނި ހޮވައިގެން އަނބުރާ ރިޒޯޓަށް ގެންދިޔަ މުއައްޒަފެއް އެ ރިސޯޓުން ކަނޑައިލި މައްސަލައެއް ފެންމަތިވެފައެވެ. އޭނާއަކީ އެމަރޑް ރިސޯޓް އެންޑް ސްޕާއިން ކަނޑަށް އަޅައިލި ގިނަ އަދަދެއްގެ ކުނިތަކެއް ހޮވައިގެން އަނބުރާ ގެންގޮސް ރިސޯޓްގެ ރިޝެޕްޝަނުގައި ބެހެއްޓުމުން ވަޒީފާއިން ވަކި ކޮށްފައިވާ އެ ރިސޯޓްގެ ޑައިވަރެއްގެ ވަޒީފާ އަދާކުރި އިގްބާލެވެ.

އިގްބާލްގެ މި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝޯޝަލް މީޑިޔާގައި އޭނާއަށް ތައުރީފުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!