ޚަބަރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ބަދަލުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވެމްކޯގެ ވެހިކަލްތައް/ ފޮޓޯ: ދިކޮނޮމިސްޓް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ބަދަލުތަކެއް ގެނެސްފިއެވެ.

Ads by Hajj Corporation

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނީ މި ބަދަލު ގެނައީ ހުޅުމާލޭގައި މިވަގުތު ގިނަ އަދަދެއްގެ މީހުން އާބާދުވުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. އަދި އެއާ އެކު އެ ކޯޕަރޭޝަންގެ ހިދުމަތްތައް ބައްޓަންކޮށް މަސައްކަތްތައް ހިނގަމުން އަންނަ ގޮތް ހަރުދަނާކުރުމަށް ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

އެހެންކަމުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ވެމްކޯއިން ދެން ކުނި ނަގާނީ އިރު އޮއްސި 6:00 ރޭގަނޑު 11:00އާ ދެމެދުގައެވެ. ނަމަވެސް ހަވީރު 5:00 އަށް ކުނި ކޮތަޅު ތައްޔާރުކޮށް އެ ނެގޭނެހެން އިންތިޒާމުތައް ހަމަޖައްސައިފައި ބެހެއްޓުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެެވެ.

ވެމްކޯއިން ބުނީ ކުނި ނަގައިދިނުމުގެ މަސައްކަތް ކޮށްދޭނީ އެ ކޯޕަރޭޝަނުގެ ހިދުމަތުގައި ރަޖިސްޓްރީކޮށް، ގަވައިދުން ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ނަމަ ވީ އެންމެ އަވަހަކަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެެވެ.

Ads by Allied Insurance
  1. ކުނިއުކާބަލަ

    ތީމާބޮޑުކަމަކައްނުހަދާާ އުކާލަބަލަަ ރައްޔިތިންނައްް ތިވަރުކަމެއްކޮއްދިނިއްޔާާކީއްވާނިި