ޚަބަރު ޝަރުޢީ ދާއިރާ

މިސްކިތަށް ކުޑަކަމު ދިޔަ މީހާ ޖަލަށްދާން ޖެހުނީ އެއް މަހާއި 19 ދުވަހަަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިސްިކތަށް ކުޑަކަމު ދިޔަ މީހާ، މީނާވަނީ ޚަތިމަކަށް ކުޅުވެސް ޖަހާފައި

އިސްލާމީ މަރުކަޒުގެ ތެރެއަށް ކުޑަކަމު ދިޔަ މ. ޝޭޑޯހީމް، ހަސަން ޒިޔާދު، އެއް މަހާއި 19 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MWSC

އޭނާގެ މައްޗަށް ކޮށްފައި ވަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދެ ދައުވާއެވެ. މި ދެ ދައުވާއަށް ވެސް އޭނާ ވަނީ އިޢުތިރާފްވެފައެވެ. އަދި ޖަލު ހުކުމް، ޖޫރިމަނާއަކަށް ލުއިކޮށްދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ. އެހެން ނަމަވެސް ކޯޓުން ވިދާޅުވީ، އޭނާ ކުރި އަމަލަކީ ހުތުރުކަން ބޮޑު އަމަލެއް ކަމަށާއި އެ އަމަލު ހިިންގައިފައި ވަނީ އިސްލާމްދީނާއި ރާއްޖޭގެ ގަައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ކަމަށްވާތީ އަަދަބު ލުއިކޮށްދެވެން ނެތް ކަމަށެވެ.

ޒިޔާދު ވަނީ މިދިޔަ އޮކްޓޯބަރު މަހު، އިސްލާމީ މަރުކަޒުގެ ތެރޭގައި މީހުން ނަމާދު ކުރަން ތިއްބާ އެ ތަނަށް ކުޑަކަމު ގޮސްފައެވެ. އަދި ހަމަ އެ ދުވަހު ޖުމްހޫރީ މައިދާނަށް ވެސް ކުޑަކަމުދިޔައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ފަހު ފަހުން ދޫކޮށްލިއެވެ.

ފުލުހުންގެ ބަންދުން ދޫކުރި ފަހުން އޭނާ ވަނީ މިސްކިތަކަށް ވަދެ ޚަތިމަކަށް ކުޅު ޖަހައިފައެވެ. ޚަތިމަށް ކުޅު ޖެހި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެ ދައުވާގެ ހުކުމް އަދި ކޮށްފައެއް ނުވެއެވެ.

އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، ކޯޓުން އޭނާ ޖަލަށް ލާން ހުކުމް ކުރީ ދެ މަހާއި 12 ދުވަހަށެވެ. އެއީ ޤާނޫނުލް އުޤޫބާތުގައި އެފަދަ ކުށަކަށް އޮންނަ އަދަބުކަމުގައިވާ އެއް މަހާއި ހަ ދުވަހުގެ ޖަލުހުކުމެކެވެ. އެހެން ނަމަވެސް ބަންދުގައި ހޭދަ ކުރި މުއްދަތު ޖަލު ހުކުމުން އުނިކުރަން ޖެހޭތީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހެނީ އެއް މަހާއި 19 ދުވަހެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!