ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އިތުރު އަޑުއެހުމަށް މިއަދު ހަވީރަށް ތާވަލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެ އަހަރަށް ފަހު ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީންވަނީ ބައިވެރިވެ ވަޑައިގަންނާފައޮ.. ދެން އިމޭޖްސް/ޝަމްވީލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާއެއްގެ އިތުރު އަޑު އެހުމެއް މިއަދު ހަވީރު ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9 ޖެހި އިރު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރުގެ މުއްދަތު ހަމަވާތީ ޝަރީއަތް ނިމެންދެން އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދެ ފަރާތަށް ވާހަކަ ދައްކަން ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެ ފުރުސަތުގައި ރަޢިސް ޔާމީންގެ ފަރާތުން ވަނީ ދައުލަތުން ޕާސްޕޯޓް ހިފެހެއްޓުމަށް އެދި ހުށަހެޅި ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް ޓަކައި އިތުރުު މުއްދަތެއް ބޭނުންވާކަމަށް ބުނެފައެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވައިފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިޔަން ޑޮލަރު، ލޯންޑަރު ކުރިކަމުގެ ކުށް ކްރިމިނަލް ކޯޓުގައި ސާބިތުވާކަމަށް ކަނޑައަޅައި، އެ މަނިކުފާނު ޖަލަށްލުމަށް ހުކުމް ކުރީ 28 ނޮވެންބަރު 2019ގައެވެ. މިދިޔަ މަހު 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!