ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ 5ގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުން އެންގެވުމާ ގުޅިގެން، އެ ދާއިރާގެ ބައި- އިލެކްޝަން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ބޭއްވުމަަށް އީސީން މިއަދު ނިންމަވައިފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ޙުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ މެންބަރު ، ޙުސެއިން އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، އޭޑީކޭ ހޮސްޕިޓަލުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!