ދީން

ޓިޝޫ ފޮއްޓެއްގައި ލިޔެފައި ދޫކޮށްލި އެންމެ ފަހު ވަޞިއްޔަތް

ދެން އެމްވީ ، ދެން އޮންލައިން

ބަލިވެ ، ޖިއްދާ ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހެކެވެ. ހޮސްޕިޓަލްގައި އޭނާގެ ނިމުން އައިސް ، އެނބުރި ގެއަށް ނުދެވިދާނެކަމަށް ޓަކައި ދަރީންނަށް ފަހުގެ ނަސޭހަތާއި ވަޞިއްޔަތް ދޫކޮށްލިއެވެ. އެންމެ ގާތުން އަތު ޖެހުނު ޓިޝޫ ފޮއްޓެއްގައި އޭނާ ލިޔުނެވެ.

Ads by Sosun Fihaara

"ﷲއަށް ބިރުވެތިވެ ތަގުވާވެރިވުމަށް ވަސިއްޔަތް ކުރަމެވެ. މަންމައާއި ދައްތައަށް އަޅައިލުމަށް ވަޞިއްޔަތް ކުރަމެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ އިހްތިރާމްކޮށް އުޅޭށެވެ. އަދި އަހަރެންގެ ވަކިވެ ދިޔުމަށް ޓަކައި ޝަކުވާކޮށް އެކަމާ ހިތާމަކޮށް ނުހަދާށެވެ.ﷲގެ ތިޔަބައިމީހުންނަށް ހެޔޮ ގޮތް މިންވަރު ކުރައްވައި ބަރަކާތް ލައްވާށިއެވެ. ނަމާދު ގާއިމްކޮށް ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމިތިބޭށެވެ."

ޓިޝޫ ފޮށީގައި ލިޔެފައިވާ ވަޞިއްޔަތް

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ވިސްނައި ފިކުރުކޮށްލައިފި ނަމަ ހިތްދަތި ވާނޭ ކަމީ އިސާހިތަކަށް މަރާ ގާތް ވެއްޖެކަމުގެ އިހްސާސް ކުރެވިއްޖެ ނަމަ މިފަދަ ހެޔޮ ބަސްކޮޅެއް ދޫކޮށްލައި އުފާވެރިކަމާ އެކު މި ދުނިޔެއިން ނިކުމެގެންދެވިދާނެ ކަމާ މެދުގައެވެ. އެފަދަ ހިނދަކަށް އަހަރެމެން ތައްޔާރުތޯއެވެ.

މަރަކީ ޔަގީނެކެވެ. އަނބިމީހާއާ އެކީ ހެނދުނު ސައިބޮއި ހަދައިގެން މަސައްކަތަށް ނިކުތް ކިތަންމެ މީހެއްގެ ހަށިގަނޑު ގެއަށް ވައްދަނީ މައްޔިތެއްގެ ގޮތުގައެވެ. އަނބިދަރީން ކައިރިއަށް ދަތުރުކުރަނިކޮށް ދިމާވާ ހާދިސާއެއްގައި މަރުވެގެން ދަނީ ކިތަންމެ މީހެކެވެ. ބައެއް މީހުންނާ ވަކިވާން ޖެހެނީ މޫނު ދެކިލާން ހަށިގަނޑު ވެސް ނުފެނިއެވެ.

ސޫރަތުލް ޤިޔާމާގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

﴿26﴾ كَلَّا إِذَا بَلَغَتِ التَّرَاقِيَ

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.

﴿27﴾ وَقِيلَ مَنْ ۜ رَاقٍ

އަދި އަންގަވާ ހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކު ހެއްޔެވެ؟

﴿28﴾ وَظَنَّ أَنَّهُ الْفِرَاقُ

އަދި އެއީ ވަކިވުން ކަމުގައި ޔަޤީންކޮށްފި ހިނދެވެ.

﴿29﴾ وَالْتَفَّتِ السَّاقُ بِالسَّاقِ
އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ

މުސްލިމް އަޚުންނާއި އުޚުތުންނެވެ. އަޅުގަނޑުމެން ވާންވީ އެ މަރު އައިސް ބައްދަލުކުރާ އިރު އުފާވެރިކަމާ އެކު ހާސްވުމެއް ނެތި މި ދުނިޔެއިން ނިކުމެގެންދާ ބަޔަކަށް ވެވޭތޯއެވެ. ނަމާދަށް ރައްކާތެރިވެ މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ ޚާލިޞް ހިތެއްގެ ވެރިއެއްގެ ގޮތުގައި އާދައިގެ ދިރިއުޅުމެއްގައި އުޅެވޭ ބަޔަކަށް ވެވޭތޯއެވެ. ދުނިޔޭގެ ޒީނަތަށާއި ފަޚުރަށް ގެއްލި ހުސްވެގެން ގޮސް އަގުހުރި ވަގުތުތައް އެއީ ފަހުން ހިތާމަ ކުރާން ޖެހިދާނެ ކަމަކަށް ނުވެވޭތޯއެވެ.

ދުނިޔެއިން ފުރައިގެން ދަމުން އަނބިދަރީންނަށް ، ބަޔާން ކުރެވުނު ފަދަ ހެޔޮ ބަހެއް ބުނެލެވުމުގެ ތައުފީގު އަޅަމެންނަށް ވެސް ދެއްވާށިއެވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!