މުނިފޫހިފިލުވުން ދިވެހި ސިނަމާ

ގިނަ ތަރިންތަކަކާ އެކު ކަޒްމިކްގެ ވެބްސީރީޒް 'ދަރަކަ'ގެ ޓްރެއިލާ އާންމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން
ދަރަކަ ޓްރެއިލާގެ މަންޒަރުތަކެއް

ގިނަ ތަރިންތަކެއް ފެނިގެންދާ ވެބް ސީރީޒް "ދަރަކަ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ފިލްމު މުނިފޫހިފިލުމުގެ ދާއިރާއަށް އައު ޕްރޮޑަކްޝަން ހައުސްއެއްކަމަށްވާ، ކަޒްމިކް އިންޓަނޭޝަނަލްއިން އުފައްދައިފައިވާ މި ވެބް ސީރީޒް ޑައިރެކްޓު ކޮށްފައިވަ ނީ އަޒްހާން އިބްރާހިމްއެވެ. މީގެ ކުރިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބައެއް މަޝްހޫރު ލަވަތައް ޑައިރެކްޓުކޮށްފައިވާ އަޒްހާންގެ މިއީ ފުރަތަމަ ބޮޑު ޕްރޮޖެކްޓެވެ.

"ދަރަކަ"އަކީ ކްރައިމް ތްރިލާ ސީރީޒްއެކެވެ. މުޅި ޖުމްލަ 8 އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ތަރިން ރަސްމީކޮށް އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ޓްރެއިލާއިން ފެންނަ މޫނުތަކުގެ ތެރޭގައި އަހުމަދު އިފްނާޒް ފިރާގު، ވާޝިޔާ މުހައްމަދު، ސޫޒަން އިބްރާހިމްފުޅު، އައިޝާ އަލީ، އިބްރާހިމް ޖިހާދު، ނަތާޝާ ޖަލީލު، އަލީ އުސާމް (ދޮނާ)، މުހައްމަދު އަފްރާހް، އިސްމާއިލް ވަހީދުގެ އިތުރުން އަދުހަމް ލަޔާލް ގާސިމް ހިމެނެއެވެ. މީގެ އިތުރުން މުޅިން އަލަށް މިދާއިރާއަށް ތައާރަފުވާ އައު މޫނެއް ވެސް ޓްރެއިލާއިން ފެނެއެވެ.

އިފްނާޒްއަކީ މީގެ ކުރިން ކަޒްމިކްއިން ގެނަސްދިން "މަޒްލޫމް"ގެ ފުރަތަމަ ޗެޕްޓާގައި ވެސް މުހިންމު ރޯލަކުން ފެނުނު ތަރިއެކެވެ. ވާޝިޔާ، ނަތާޝާ، އަފްރާ އަދި އައިޝާއަކީ ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކަކުން މިހާރު ވެސް ފެންނަ މޫނުތަކެވެ. ޖިމީއަކީ ދާއިރާގައި ގިނަ ދުވަސްވީ ފަންނާނެކެވެ.

ސޫޒަންއާއި އިސްމާއިލް ވަހީދު މީގެ ކުރިން ރިލީޒްކުރި ވެބް ސީރީޒް "ގަމިނި"އިން ފެނިގެން ދިޔައެވެ. "ދަރަކަ"ގެ ޓީޒާއިން ފެންނަ ގޮތުގައި ސޫޒަންއަކީ މަޖިލިސް މެމްބަރެއްކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މި ސީރީޒްގައި ކޮންމެ ވެސް ވަރަކަށް ސިޔާސީ ވާހަކަތަކެއް ކިޔައިދޭނެކަމަށް ބެލެވެއެވެ.

"ދަރަކަ" ސްޓްރީމް ކުރާނެ ޕްލެޓްފޯމެއް މިހައިތަނަށް ކަޒްމިކުން ހާމައެއް ނުކުރެއެވެ. ސީރީޒްގެ އެއް ޕްރޮޑިއުސަރުކަމަށްވާ އާސިމް އަލީ ބުނީ ސްޓްރީމިން ރައިޓްސް ގަންނަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ. މިސީރީޒްގެ ދެވަނަ ޕްރޮޑިއުސަރަކީ މަޝްހޫރު ފިލްމު "ބަވަތި" އަދި ވެބްސީރީޒް "މަޒްލޫމް"ގެ ޑައިރެކްޓަރު އިލިޔާސް ވަހީދުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!