ދުނިޔެ

ގުޖުރާތުގައި މަސްވެރިއެއްގެ ގައިގައި ހަރުފަ ދަތްއަޅައިފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

ގުޖުރާތުގެ މަސްވެރިޔަކު ކަނޑުމެދުން މަސްވެރިކަން ކުރަމުން ދަނިކޮށް އޭނާގެ ގައިގައި ހަރުފައެއް ދަތް އަޅައިފިއެވެ.

Ads by WAMCO

އިންޑިއާގެ ކޯސްޓްގާޑުން މިހާރު ވަނީ އޭނާ އެކަހެރިކޮށްފައެވެ. މިއީ ހަރުފަ ދަތް އެޅުމުގެ ހާދިސާއެއްގެ ސަބަބުން ކޯސްޓްގާޑުން މަސްވެރިޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިން 2ވަނަ ފަހަރެވެ.

"ރުތިކާ" ނަމަކަށްކިޔާ މަސްދޯނީގެ ވެރިފަރާތުގެ ގައިގައި ހަރުފައެއް ދަތް އަޅައިގެން އުޅޭ ޚަބަރު ލިބުމުން އޮޕަރޭޝަނަލް ޑިޕްލޮއިމަންޓްގައި އުޅުނު އިންޓަސެޕްޓާ ބޯޓް -152 ވަނީ މަސްވެރިޔާ އެކަހެރި ކުރުމަށް ގޮސްފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި މަސްވެރިޔާ ގައިގައި ހަރުފަ ދަތް އަޅައިފައި ވަނީ ޑާކާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ދުރުގައިވާ މަސްވެރިކަން ކުރާ ނެޓު އަނބުރާ ނަގަން އުޅުމުގެ ތެރޭގައެވެ. ކޯސްޓުގާޑުގެ ބޯޓުގައި ބާއްވައިގެން ބަލިމީހާއަށް ފަސްޓް އެއިޑް އަދި އިނީޝިއަލް މެޑިކަލް އެސިސްޓެންސް ފޯރުކޮށްދީފައިވާ އިރު، ފަހުން އޭނާ ވަނީ އިތުރު ފަރުވާއަށް އޮޚާ ބަނދަރަށް ގެންގޮސް ސަރުކާރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

‎މިދިޔަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު ވެސް މިފަދަ ހާދިސާއެއް އިންޑިއާގެ މަސްބޯޓެއް ކަމަށްވާ "ބަދްރިކާ"ގެ ވެރިމީހާ ވެރަވަލްއަށް ވެސް ވަނީ ދިމާވެފައެވެ. މިހާދިސާ ހިނގައިފައި ވަނީ ހުޅަނގު ދެކުނުން 54 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރާ ނެޓުތައް އަނބުރާ ނެގުމުގެ ތެރޭގައެވެ. ކޯސްޓްގާޑުން އޭރު ވެސް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!