ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

Ads by Hajj Corporation

މަޖިލީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން އާއްމު ކުރި ފޮޓޯއެއްގައި ވިދާޅުވީ، ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ފްލައިޓަށް އަރުއްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރިއެވެ.

މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުން ނުދެއްވައެވެ. މަޖިލީސް މިވަގުތު އޮތީ ޗުއްޓީގައެވެ.

ރައީސް ނަޝީދު އެންމެ ފަހުން ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވީ ގްލާސްކޯއަށެވެ. އެއީ ތިމާވެށީގެ ސަމިޓް ކޮޕް26 ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އޭގެ ކުރިން ، މެއި މަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ބޭސްފަރުވާއަށް ފަސްމަސް ދުވަހު އިނގެރޭސި ވިލާތުގައި ހޭދަކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!