ޚަބަރު

އައު އަހަރާ ދިމާކޮށް މިއުޒިކް ޝޯއެއް: އަންކިތު ފެނިގެންދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

Ads by Hajj Corporation

ޔޫތް މިނިސްޓަރު މަޙްލޫފް މިއަދު ވަނީ އެކަން ހާމަކޮށް ޓްވީޓް ކުރައްވައިފައެވެ. މަޙްލޫފް ވިދާޅުވީ، އައު އަހަރާ ދިމާކޮށް ބާއްވާ މިއުޒިކް ޝޯގައި އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަންކިތު ތިވާރީ ބައިވެރިވާނެ ކަމަށެވެ.

"މަރުހަބާވީސް"ގެ ނަމުގައި ހުޅުމާލޭ ދުވާ ޓްރެކްގައި މިމަހުގެ 31ވަނަ ދުވަހުގެ ރޭ 20:30ގައި ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި ޝޯގައި ދިވެހި ފަންނާނުންގެ ހަރަކާތްތައް ވެސް ފެނިގެންދާނެއެވެ.

މި ޝޯއަކީ، އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯއާ ގުޅިގެން، ޔޫތު މިނިސްޓްރީން އިންތިޒާމް ކުރާ ޝޯއެކެވެ.

Ads by Ooredoo
  1. ޖާނޭ

    ޚޮބައިތޯ އެއްކަލަ ޑރ. ޡިޔާދުގެ އަގަ. ސޯލިހް ސަރުކާރުން އެއުޅޭ އައު އަހަރު ފާހަގަ ކުރާ ޑރ.އިޔާޒު

    • މަހޭ

      މަހުލޫފު ހުންނަނީ ސައިޒް އޮޅިފައި،އަބަދުވެސް ރައްޔިތުން މަގުފުރެއްދޭނެ ޗާންސަކަށް ބަލަބަލާ، މާތްﷲ ގެ ހެޔޮރަޙުމަތުން ތި ޝޯ ނުބޭއްވޭނެ ހުރިހައި ގޮތެއް މިންވަރު ކުރައްވާށިއެވެ. އާމީން