ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކާތީ ރައީސް ނަޝީދު ކަންބޮޑުުވެވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވައިލާން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވަނީ، މާލޭގައި ދިރިއުޅޭ އާއްމުންނަށް ބިން ލިބޭނެ ގޮތެއް ނެތި، ހުޅުމާލެއިން ބިން ކުއްޔަށް ދޭތީ ކަންބޮޑުވެ، ވަޑައިގަންނަވާ ކަމަށާއި އެ ނިންމުން. ބަދަލު ކުރުމަށް ސަރުކާރަށް ގޮވައިލައިފައެވެ.

"މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއްމުދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވައިލަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ، 1،603.07 އަކަފޫޓާއި، 2،633.82 އަކަފޫޓާ ދެމެދުގެ، ޖުމްލަ 60 ބިމެވެ.

މި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ ވާހަކަފުޅު ދައްކައިވައިފައެވެ. މިގޮތުން އެމްޑީޕީގެ ޗެއަރ ޕާސަން، ހަސަން ލަތީފް ވިދާޅުވީ. ހުޅުމާލެއިން މާލޭގެ ރައްވެހީންނަށް ދިރިއުޅޭނެ ގޯތި ދިނުމުގެ މަސައްކަތް ނުކޮށް، ހުޅުމާލޭގެ ބިން ބީލަމުގެ އުސޫލުން ވިއްކަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ލިބެން ޖެހޭނެ ކަމަށާއި ބޯހިޔާވެހި ކަމަށް އޮތް ހައްލަކީ އެއީ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!