ޚަބަރު

ހިޔާ ފްލެޓްގެ މެއިންޓެނެންސް ޚިދުމަތް 24 ގަޑިއިރު ލިބޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލެ ފޭސް 2 ގައި އަޅާފައިވަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފެލްޓްތަކުގެ މެއިންޓެއިނަސް ކަންކަން 24 ގަޑިއިރު ބަލެހެއްޓޭނެ ގޮތަށް އެޗްޑީސީން އިންތިޒާމު ކޮށްފިއެވެ.

Ads by MWSC

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގައި ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިގޮތުން ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމާއި މެއިންޓެނެންސް މަސައްކަތް ކުރުމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރގެ ފަރާތުން ވަނީ މި މަސައްކަތް ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިކަމަށެވެ.

ކޮންޓެކް ޕްރައިވެޓް ލިމިޓެޑް ގެ ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުންފުނީގެ ހޮޓްލައިން 9672696 އަދި އީމެއިލް mv.com.contech@elevators މެދުވެރިކޮށް ހިދުމަތްތަކާ ބެހޭ މުއާމަލާތް ކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، ލިފްޓް ބޭނުންކުރުމުގައި ރައްކާތެރިވެ އުޅުމަށާއި ލިފްޓު ފަދަ ހިދުމަތްތައް ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުޞޫލުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ. އެކުންފުނީގެ އަމާޒަކީ، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ކަންކަން ރޭވުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!