އިންސާފުގެ ނަމުގައި ހިންގާ ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ: ޖަމީލު

އިންސާފުގެ ނަމުގައި ހިންގާ ސިޔާސީ ބަދަލުހިފުންތައް ނިމުމަކަށް އަންނަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ތަކުރާރުކޮށް ރައީސް ޔާމީނުގެ މައްޗަށް އުފުލާ ނުހައްގު ދައުވާތަކާ މެދު ކަންބޮޑުވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއީ ސިޔާސީ ބަދަލުހިފުމެއް ކަމަށާއި މިފަދަ އަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށްކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މިދިޔަ ނޮވެންބަރު މަހުގެ 30ވަނަ ދުވަހު ސްޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކޮށްފައިވާ އިރު އެ މަނިކުފާނުގެ އިތުރު ދައުވާތަކެއް ހުރުމާ އެކު ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް އެ އަމުރު ނުދޭން ނިންމައިފައި ވަނީ އެ މަނިކުފާނުގެ ޕާސްޕޯޓުގެ މުއްދަތު ޖެނުއަރީ 27، 2021 ވަނަ ދުވަހު ހަމަވެފައި ވާތީއެވެ.
ރައީސް ޔާމީން މިނިވަންވުމާ އެކު އެ މަނިކުފާނު ލީޑުކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ފަށައިފައިވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތުގައި އަންނަނީ ފުޅާ ކުރަމުންނެވެ. އެގޮތުން އެ ހަރަކާތުގެ ރައީސް ޔާމީން ރާއްޖެތެރޭގެ އެކި ރަށްރަށަށް ދަތުރުކުރަމުން އަންނައިރު ސަރުކާރުގެ ވެރިންނާ ސަޕޯޓަރުން އަންނަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި ނުކުޅެދޭ ސަރުކާރުގެ ނުކުޅެދުންތެރިކަން އިތުރަށް ފެންނަމުން ތި ދަނީ އެއްމެފަހުން އަމިއްލަ މީހާވެސް އޮޅޭ ހިސާބަށް އަދި ދާނެ، ދޮގު ދައުވާތަކެއް ކޮށްގެން އިތުރަށް ފަލީހަތްވުން ނޫންކަމްެއް ނުވާނެ އިންޝާﷲ.