ޚަބަރު މެދުއިރުމަތި

އިސްލާއީލާ އެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރަން އުޅޭ ކަމަށް ރިޕޯޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަލަސްތީނުގެ މުސްލިމުން ޤަތުލު ކުރަމުން އަންނަ އިސްލާއީލާ އެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރަން އުޅޭ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ޓައިމް އޮފް އިސްރާއީލުން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއިލާ އެކު ޑިޕްލޮމެޓިކް ގުޅުން ދެން އެންމެ އަވަހަށް ޤާއިމް ކުރާނީ، ދިވެހިރާއްޖެ އަދި ކޮމޯރޯސްއިންނެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރުމަށް ޓަކައި ރާއްޖެ އަދި ކޮމޯރޯސްއިން ދަނީ އިސްރާއީލާ އެކު މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް ރަސްމީކޮށް، މިކަން ކައިރި މުސްތަޤްބަލެއްގައި އިއުލާނު ނުކުރާނެ ކަމަށް ނަން ހާމަ ނުކުރާ އެ ޤައުމުގެ ޑިޕްލޮމެޓިކް ކަންކަމާ ގުޅޭ ވާހަކަތައް ދަންނަ ފަރާތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކުރެއެވެ.

ކޮމޯރޯސްއިން މީގެ ކުރިން އިސްރާއީލާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބާއްވައިފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، އެމެރިކާ އިސްވެ އޮވެ. ކޮމޯރޯސްއާއި އިސްރާއިލްގެ އޮފިޝަލުންނާ އެކު ބައްދަލުވުންތަކެއް ވަނީ ބާއްވައިފައެވެ.

ރާއްޖެއިން މީގެ ކުރިން އިސްރާއީލާ އެކު ޚާރިޖީ ގުޅުން ބާއްވައިފައިވެއެވެ. އެއީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް، ރައީސް މައުމޫންުގެ ވެރިކަމުގައި އިސްރާއީލާ އެކު އޮތް ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ އެކު ގުޅުން ބޭއްވުމަށް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. މިގޮތުން އޭރުގެ ފޮރިންގ މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ އިސްރާއީލަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފައެވެ.

އިސްރާއީލުގެ އޭރުގެ ފޮރިންގް މިނިސްޓަރާއެކު، ރާއްޖޭގެ ކުރީގެ ފޮރިންގް މިނިސްޓަރު

އިސްރާއީލާއެކު ބައެއް އަރަބި ޤައުމުތަކުން ވަނީ ޚާރިޖީ ގުޅުންތައް ޤާއިމްކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރު ކުރިޔަށް ގެންދެއެވެ. މިގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލައިގައި ފަލަސްތީނުގެ 256 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. މީގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!