ޚަބަރު

އުމްރާއަށް ގޮސް ތިބި ދިވެހީންގެ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުމްރާއަށް ގޮސް ތިބި ދިވެހީންގެ ބަޔަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އަންނަން ހެދި ޓެސްޓުންނެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނެވެ. އެ މީހުން މިހާރު ވަނީ އެކަހެރިކުރެވިފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅަކުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފައެވެ. ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އެތެރެވެވޭނީ ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ، ކޮވިޝީލްޑް އަދި ޖޮންސަން އެންޑް ޖޮންސަނުން އުފައްދައިފައިވާ ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ޗައިނާގައި އުފައްދައިފައިވާ ސިނޮފާމް ވެކްސިން ޖަހައިފައިވާ މީހެއް ނަމަ އެމީހަކު ސައުދީއަށް އެތެރެވުމުގެ ކުރިން ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަންގެ ބޫސްޓަރ ޝޮޓެއް ޖަހަން ޖެހޭނެކަމަށް ވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސައުދީ ސަރުކާރުން އަންނަނީ މަޑުމަޑުން ލުއިތައް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!