ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ޝާހިދެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާގެ ދެ ގައުމުގެ ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް ހިންގަން ރާވައިފައިވާ ހަރަކާތްތައް ރަސްމީކޮށް ޗައިނާގެ ފޮރިން މިނިސްޓަރު ފައްޓަވައިދެއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!