ޚަބަރު

ކުޑަ ކުއްޖަކަށް އިހްމާލުވި މައްސަލައެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް/ ފޮޓޯ: ދެން އިމޭޖްސް

ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ، އިހްމާލުވެފައި ވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

މައްސަލައިގެ ތަފްސީލު ނުދީ ފުލުުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުއްޖާގެ ރަށާ އަދި ނަން ،ކުޑަކުއްޖާގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ހާމަކޮށްފައެއް ނުވެއެވެ. ވިދާޅުވީ، މިކަން ހިނގައިފައި ވަނީ މަތިއުތުރު ޕޮލިސް ރީޖަންގައި ކަމަށެވެ. އެ ރީޖަންގައި ހިމެނެނީ ހއ އާއި ހދ އަދި ށ އަތޮޅެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!