ޚަބަރު

ރަށްތައް ތަރައްޤީ ކުރުމަކީ ވާދަވެރިންގެ ތަސައްވުރެއް ނޫން: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އަތޮޅުތެރޭގެ ރަށްތައް ތަރައްޤީކުރުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ތަސައްވުރެއް ނޫން ކަމަށާއި ރަށްތައް ތަރައްޤީ ކުރަން ބޭނުން ނަމަ ވޯޓް ލާންވީ އެމްޑީޕީއަށް ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދުގެ ކެންޕެއިން ޕޯސްޓަރާ އެކު، މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅުގެ ވިސްނުމަކީ އެންމެން މާލެއަށް ޖަމާކުރުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ރައީސް ޔާމީނަށެވެ. ޗެނަލް13 އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޔާމީން ވަނީ އެއް ފަސްކުރުމުގެ ސިޔާސަތާއި ގުޅޭގޮތުން ވިސްނުންފުޅު ހުރި ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ. އެ ގޮތުން ދެން ފުރުސަތެއް ލިބިއްޖެކަމަށްވީ ނަމަވެސް މާލެއާއި ދުރު ސަރަހައްދުތައް އެއްފަސްކުރުމަށް ޓަކައި ހާއްސަ ނުކުރައްވާނެ ކަމަށާއި މާލެ ސަރަހައްދަކީ މިހާރު ވެސް ތަރައްގީކުރެވިފައި އޮތް ޕްރޮޑަކްޓެއްކަމުން އެކަން ކުރާނީ މިސަރަހައްދުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅިފަޅު އަދި ފުށިދިއްގަރު ފަޅު ވެސް މީހުން އާބާދުކުރުމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ. މިސަރަހައްދަށް އިތުރު މީހުން ނުގެނެވި ފުރޭ ހިސާބަށް ނުދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަރޮށީ ދާއިރާގެ މީހުން ތަރައްޤީ ބޭނުން ނަމަ ހޮވަން ޖެހޭނީ އެމްޑީޕީގެ ކެނޑިޑޭޓް ކަމަށެވެ.

"އެމްޑީޕީގެ ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަރަހައްދަށް މީހުން ޖަމާ ކުރުުން. ރަށެއްގެ ތަރައްޤީ އެއީ އެމީހުންގެ ވިސްނުމެއް ނޫން. ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ތަރައްޤީ ކުރުމަށް އެެމީހުންގެ މީހަކު ހޮވުމުގެ ބޭނުމެއް ނެތް. އެންމެންގެ ވޯޓް ތިލަފަތަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ާރަށް ރަށް

    އަނގަ ޗޭވެފަ ދެކަޅި އަރާހުއްތިފަ ހުރެގެން ކޮން މޮޔައެއް ދެން މި ގޮވަނީ.

  2. birubodu

    ރަށްތަކުގެ އޮފީސްތަކުގައި ހުޅުޖަހައި ފަނާކުރަން އެނގޭނީ އެމްޑީޕީއަށް ވަރަށް ވަރަށްސާފް

  3. ަނީޝާ

    ވޯޓް ފޮރ ޕްރޮމޯޓިންގ ބައިސެކްޝުއަލް އެންޑް ޕްރޮމޯޓިންގ ހުރަސް/ޒިނޭ އިން ދަ ނޭމް އޮފް ކޮންޓްރޯލިންގ އެޗްއައިވީީ. މިސަބަބާހުރެ ހޯމްޓުއަރިޒަމަށް ޔެސް ބުނެފަ ކުރިސްޓިއަން އެމްޑީޕީ.ފިކުރަށް ވޯޓު ދެނީ

  4. ޖަޒީރުއި

    ރައްތައްތަރައްގީކުރުމައްބޭނުންވާފައިސާގެތެރެއިންް ތިބޭފުޅާޔައްް އަހަރެއްގެމައްޗައް ކިތައްމިލިޔަންރުފިޔާާ ބޭނުންކުރައްވަންތޯޯ ގައިމުު ރައްރަށުއެތަރައްގީތައްވެސްް ފެނުނީސްް އަމިއްލަަ. ޢެދުންް ތިހާބޮޑުމީހަކުދައްކާވާހަަ ގަބޫލްކުރާނީީ ކިހިނެއްތޯޯ ހަމައެކަނިި މަނިކުފާނައްޓަކައިި މިދައުރުގަަ ދިވެހިސަރުކާރުންކޮއްދެއްވިި ކަންތައްތަކައްް ކުރެއްވުމައްް ކިތައްމިލިޔަންް ރުފިޔާަ ހޭދަވެއްޖެތޯޯ

  5. މުންޖިޗޭ

    ބިޑި އެނބުރުމަކީވެސް ވާދަވެރިން ދަންނަކަމެއްނޫން! ދޮންފަޅޮލޭ، ކަހިރުވަކޭ، ބޮޑުގޮހޮރޭ ކިޔައި ރައްޔިތުން ގުނބޯހެއްދި ޒަމާން މާޒީވެއްޖެ.