ޚަބަރު އިޖުތިމާޢީ

ތާޖުއްދީން ސްކޫލުގައި ސުންކު ނެގޭނެ އިންތިޒާމް ހަމަޖައްސައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑަށް ޓެސްޓް ކުރުމަށް ސުންކު ނެގޭނެ އިންތިޒާމް ތާޖުއްދީން ސްކޫލުގައި ހަމަޖައްސައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ތާޖުއްދީން ސްކޫލުން ކޮންމެ ހަފްތާއަކު ވެސް ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ހެނދުނު 9:00އިން މެންދުރު 12:00އަށް، އަދި މެންދުރު ފަހު 3:00އިން އިރުއޮއްސި 6:00އަށް ސުންކު ނެގުން ކުރިޔަށްދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލުގައި ސުންކު ނެގުން ކުރިއަށްދާނީ ހެނދުނު 9:00އިން މެންދުރު 12:00އާ ހަމައަށް ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު ސުންކު ނަގާނީ 3:00އިން އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ތާޖުއްދީން ސްކޫލުގެ އިތުރުން ކުރީގެ އެފް.އޭ.އެމް ބިލްޑިންގގައި ވެސް ސުންކު ނަގާ ސެންޓަރެއް މިހާރު ހަދައިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 384 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވި 153 މީހުންނާއި އަތޮޅުތެރެއިން ބައްޔަށް ފައްސިވި 102 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 98،052 މީހުންނެވެ. މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 94،264 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 264 މީހުން ނިޔާވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!