ޚަބަރު

ނަރުހުގެ މަރު: މާވިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ ތުހުމަތު އުފުލިފައިވާ އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.

Ads by Hajj Corporation

މޭރީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި މާވިންއާ އެކު، އޭނާގެ ލޯބިވެރިޔާކަމަށް ބުނާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.

މާވިންގެ މައްޗަށް އުފުލައިފައި ވަނީ އެއް ދައުވާއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލައިފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19ވަނަ ދުވަހުގެ 12:00އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރައިލައިފައިވާތީ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ ތިން ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!