ޑްރައިވިން ސުކޫލަކުން ދަސްކޮށްގެން ނޫނީ ލައިސަންސް ނުލިބޭ ގޮތް ހަދައިފި

ޑްރައިވިންގް ސްކޫލަކަށް ދަސްކޮށްގެން ނޫނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ދޭ ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކުރިން ލިބެއެވެ. އަދި ޑްރައިވިން ސްކޫލްތަކުގައި ދުއްވަން ދަސް ކުރިޔަސް، ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމު ކޮށްފައެއް ވެސް ނުވެއެވެ.
ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ގަވާއިދުގައި ވަނީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް ހަމަޖައްސައި އެކަން އިއުލާނުކޮށްފައެވެ.
އެ ގަވާއިދުގައި އިތުރަށް ބުނެފައި ވަނީ، ދުއްވަން ދަސްކުރާ މީހުން އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސްކުރާއިރު އެކި ބާވަތުގެ އުޅަނދުތައް ދުއްވަން ޖެހޭ މުއްދަތު ތަފާތެވެ. އެގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެއެވެ. އަދި އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25ގަޑިއިރު ކަމަށް ވެސް އެ މިނިސްޓްރީގެ އައު ގަވާއިދުގައި ވެއެވެ.
ބަލަ ބުނެބަލަ ގައުމުގެ ލާރި ނެތޭ، ލާރި ހޯދާނެ ގޮތެއް ނޭނގިގެނޭ މިއުޅެނީ…
ޙުޅުމާލޭގައި ޑްރައިވިންގް ޓެސްޓް ޖެހޭގޮތް ހަދައިދީބަލަ. ޢަބަދުވެސް ހުރިހާ ކަމެއް މާލޭގައި
ސުކޫލަށް ފައިދާ ރައްޔިތު މީހާއަށް ގެއްލުން