ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

އެޗްޑީސީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އެ ޕްރީ ސްކޫލު އަޅަން ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށާއި ބީލަން ހުށަހެޅޭނީ އެޗްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅުން ނޯންނަ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީސްކޫލެއް އިމާރާތްކުރަން ނިންމައިފައިވާއިރު ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެމުން އެބަދެއެވެ. އެއާ އެކު ގިނަ މަޝްރޫއުތަކެއް އެތަނުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން ފުލުސް ސްޓޭޝަނެއް ގާއިމް ކުރުމާއި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!