ޚަބަރު ސިޔާސީ

ހުސެއިން ވަޅުނުލެވި އޮއްވާ، ޕީޕީއެމްއިން ކެންޕެއިން ފެށުމުން ދޭހަކޮށްދެނީ އަމިއްލަ އެދުން އޮތް މިންވަރު: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެންޕެއިން އިދިކޮޅު ޕީޕީއެމް އަވަހަށް ކުރަން ފެށުމުން ޑިފެންސް މިނިސްޓަރު، މާރިޔާ ދީދީގެ ފާޑުކިޔުން އަމާޒުު ވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން، އެ ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު، މަރުޙޫމް ހުސެއިން ވަޙީދު، އަވަހާރަވުމާ ގުޅިގެން، ވަރަށް އަވަހަށް އެ ދާއިރާގެ ކެންޕެއިން ފެށިކަން ފާހަގަ ކުރައްވާ މާރިޔާ ދީދީ ވިދާޅުވީ، މިކަމުން ވެސް އެނގެނީ އިދިކޮޅުން އަމިއްލަ އެދުމުން ފޯވެފައި އޮތް މިންވަރު ކަމަށެވެ. އަދި ވޯޓު ހޯދަން ކޮމަންޑޫ ދާއިރާއަށް ދާން އިދިކޮޅު ފަރާތްތަކުން "ލަދު ގަންނަން ޖެހޭނެ" ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނުނު، ރަނގަޅަށް ވަޅު ނުލެވޭ، ޕީޕީއެމްއިން ކެންޕެއިން ފަށަން ވާހަކަ ދެއްކިއިރު، ބައްލަވާ އަމިއްލަ އެދުމައިގެން ފޯވެފައި ހުންނަވަރު." މާރިޔާ ވިދާޅުވީ، މި ދާއިރާއަށް އެމްޑީޕީން ނިކުންނަނީ ނިކުންނަން ބޭނުން ވެގެން ނޫން ކަމަށާއި ދާއިރާގެ ތަރައްޤީ މުހިންމުވާތީ، އެމްޑީޕީ ކެނޑިޑޭޓަކު ދާއިރާގައި ހުރުން މުހިންމުވާތީ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ނިޔާވުމުންނެވެ.

މާރިޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކެންޕެއިން ނިމިގެންދާ އިރު ވެސް، ޕީޕީއެމްއަށް ފިޔާތޮށި ކުލައިގެ ދިދައެއް ވެސް ކޮމަންޑޫގައި ޖަހަން ނުކެރޭނެ ކަމަށާއި އެރަށުގައި ކެންޕެއިން ކުރަން އިދިކޮޅުން ލަދު ގަންނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގައި އޮތްއިރު ނުކޮށްދެވުނު ތަރައްޤީއެއް އިދިކޮޅުގައި އޮވެ، ނުކޮށްދެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"2013އިން ފެށިގެން، ސަރުކާރު އެ މީހުންގެ އަތުގައި އޮވެގެން ކުރެވޭނީ ކިހިނެތް" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުން ރަށުގައި ބައިތިއްބައިގެން ޚިދުމަތްތައް ކައިރިކޮށްދޭ ޕާޓީއެއް ކަމަށާއި ޕާޓީގެ ވިސްނުމަކީ ވެސް އެއީ ކަމަށެވެ. އަދި މިއަދު ކޮމަންޑޫ ދާއިރާއިން އެކަން ފެންނަމުންދާނެ ކަމަށާއި ބަނދަރު ހެދި، ސްކޫލު އިމާރާތްތައް މިއަދު އެޅެމުންދާކަމީ މިކަމުގެ ހެކި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް އިޝާރާތް ކުރައްވަމުން މާރިޔާ ވިދާޅުވީ، އިދިކޮޅުން އުޅެނީ އެކަށީގެންވާ ގޮތަށް ނޫން ގޮތަކަށް އިމާރާތްކޮށްފައި ހުރި ތަނަކަށް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބަދަލު ކުރަން ކަމަށެވެ. އަދި އިދިކޮޅުގައި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުން ވަނީ މާލެ ތޮއްޖައްސަން ކަމަށް ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި އިދިކޮޅުން ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަށް ވެސް ފާޑު ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، ރަށްތައް ތަރައްޤީ ކުރާނެ ގޮތުގެ ތަސައްވުރެއް އިދިކޮޅުގައި ނެތް ކަމަށާއި ވަކި ޤައުމެއް ބޭރު ކުރާށޭ ކިޔަނީ ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ކަަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އިދިކޮޅާއި ސަރުކާރުގެ އިތުރުން ކާނަލް ނާޒިމްގެ އެމްއެންޕީން ވެސް ވަނީ ކެނޑިޑޭޓަކު ނެރެފައެވެ.

Ads by Ooredoo
  1. އެލެކުސް

    ނުކުންނަން ބޭނުން ނުވާއިރު .. ތިޔަ ނުކުންނަވަނީ؟ ހާދަހާ އަމިއްލަ އެދުންބޮޑުވީމަ ދޯ ޑިފެންސު މިނިސްޓަރު ދާނީ ތިތަނަށް

  2. އައްމަޑޭ ސަމީރު.

    މި، މާރިޔާ މީ، ދުލުއަޅާ މޮށެންނުވާވަރު ލަދުހަޔާތްކުޑަ އަންހެނެއް.

  3. ސަލީމާ

    މާރިޔާ މީހުންގެ ކުރިމައްޗައް ނިކުންނަން ލަދެއްނުގަނޭތަ ސްކޫލުން ކަނޑާލީ އަންކުޅި ކުޅެގެން ތަގަރި މާރިޔާ

    • އަލިބެއްޔާ

      ލިއްލާހި ތެދު؟ އެހެންވީމަ އަންހެން ކު..އެއް ދޯ..

  4. ކިނބޫ

    ޣައްދާރިޔައްތަ ދައްކާ ވާހަކަ އަޑެއް ނާހާ ބަޔަކު. ބާބާޕާޕާ ހަދާހެން އަރިއަރިއަށް އަނގަ ދަމާނެ ކަމެއް ނެތް. ފަކުރުގަނޭ.