ޚަބަރު

އާޒިމް އިދިކޮޅަށް: އިންތިޚާބު އައޭ ކިޔައިފައި ސަރުކާރުގެ ހަލުވި ދުވެލި މަޑު ކުރާކަށް ނުޖެހޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ ތަރައްޤީގެ މަޝްރޫތަކަކީ އަބަދުވެސް ހިނގަހިނގާ ހުންނަ މަޝްރޫއުތަކެއް ކަމަށާއި އިންތިޚާބެއް އައޭ ކިޔައިފައި ސަރުކާރުގެ ހަލުވިދުވެލި މަޑުކުރަން ނުޖެހޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޓީސީސީން ކުރިޔަށް ގެންދާ ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އިފްތިތާޙް ކުރުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ވިދާޅުވީ، މިއަދުގެ ސަރުކާރަކީ އިންތިޚާބަށް ފޮޅޭ މަލެއް ނޫން ކަމަށެވެ. ހަމައެކަނި އެމްޓީސީސީން މިއަދު ކުރަމުންދާ މަސައްކަތްތަކަށް ބަލައިލުމުން އެކަން އެނގިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިވއެވެ.

ސަރުކާރުގެ ސްޕީޑް ލަސްކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ސްޕީޑް ލަސްކަމަށް ވިދާޅުވާ ބޭފުޅުން ތިއްބެވީ ހެޑަށް އޮޅިފައި ކަމަށެވެ. އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ސްޕީޑް އަވަސްކަން މިސާލުން އާޒިމް ވިދާޅުވެ ދެއްވިއެވެ.

"އަޅުގަނޑުމެން ހަވާލުވުމުގެ ކުރިން، ރައީސް ހަވާލުވުމުގެ ކުރިން ރާއްޖޭގެ ބަނދަރެއް ނިންމެނީ ދެ އަހަރާއި ތިން އަހަރާ ތެރޭގައި. މި ރައީސް ހަވާލުވި ފަހުން އެއް އަހަރު ތެރޭގައި ބަނދަރު ހަވާލު ކުރަމުން މިދަނީ. ސްލޯ ތޯ؟" އާޒިމް. ވިދާޅުވިއެވެ.

އާޒިމް އިތުރަށް މިސާލު ޖައްސަވަމުން ވިދާޅުވީ، މީގެ ކުރިން ސަރުކާރުތަކުން އެއަރޕޯޓެއް އަޅައި ނިންމެނީ ދެ އަހަރުން ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ބިން ހިއްކައިގެން 18 މަސް ތެރޭ އެއަރޕޯޓްތައް އަޅާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ހިންގި ކުޅުދުއްފުށީ އެއަރޕޯޓްގެ މަޝްރޫއަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން އެއަރޕޯޓްތައް ހުޅުވާނީ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި ދުވަހުން ދުވަހަށް ފުރިހަމަ ޚިދުމަތެއް ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ކޮމަންޑުއާއި އެ ރަށާ ގާތްގަނޑަކަށް 700 މީޓަރު ދުރުގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުން އެރަށުގެ ބިން ދެގުނަވާނެއެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މި މަޝްރޫއު، މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.

އާޒިމްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ކޮމަންޑޫ އަދި މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ހަވާލު ކުރެވުނު ދުވަހަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި އެމްޓީސީސީން ރައީސްގެ ވައުދުތައް ފުއްދެވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އެމްޓީސީސީގެ މަސައްކަތް ސްލޯތޯ މަސައްކަތް ކުރިޔަށްދާ ރަށްރަށުގެ ރައްޔިތުން ކުރެން އެހުމަށް އާޒިމް އެދިލެއްވިއެވެ.

"މިއަދު ތިބޭފުޅުން އަޅުގަނޑުމެންގެ މަސައްކަތްތައް ހިނގާ، އަދި ނިމިފައިވާ ކޮންމެ ރަށަކަށް ގުޅައިފައި އައްސަވާ މަސައްކަތް ހުއްޓިފައި ހުރިތޯ، މަސައްކަތް ނުހިނގާ ހުރިތޯ، މަސައްކަތް ސްލޯތޯ. މަސައްކަތް ރަނގަޅަކަށް ނޫންތޯ ދަނީ." އާޒިމް ވިދާޅުވިއެވެ.

  1. ލާސް

    ޢާޒިމުު މިހާރުު އެކުރެވެނީީ އަމިއްލަަ ނަފުސަށްް މަލާމާތްް އަމިއްލަަ އެދުންް ހާދަބޮޑޭޭ ދ؟

  2. މިހާރު ޢާޒިމް ހުރި ކޮޅެއް ސާފެއް ނުވޭ ، އެކޮޅުކޮޅުން ކަމެއް އެއްކޮޅުކަމެއް އިދިކޮޅުކަމެއް ބޯކޮޅު މައްޗަށް ކަމެއް ބޯކޮޅު ތިރިޔަށްކަމެއް !

  3. ޢައްޑަބޯ

    ޢާޒިމޫ. ކުޅުދުއްފުށީ ބަނދަރު ހަދާތާ ކިތައް އަހަރުވެއްޖެތަ؟

  4. ނޯނޭމް

    ކިހާ ރީތި ވާހަކަ ދައްކާލެއް 1ތެރޭ ހޯރަފުށި އެއާރފޯޓް އެޅި އެކަމް ބޮޑަނކަލޯ އާ ފިދަނކަލޯ ވާހަކާގަ ވާހެން ފީއިލޮށި ގެ އަކަށްވީ ހޯރަފުށި އެއާރޕޯޓް މީ ވަރަށް ވާހަކަ