ޚަބަރު

އަދާލަތު ޕާޓީގެ ޑރ. ޒާހިރު އެމްޑީޕީ ކެނޑިޑޭޓަށް ކެންޕެއިން ކުރެއްވުމުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ މުޙައްމަދު ރާޝިދުގެ ކެންޕެއިން ހަރަކާތުގައި އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

Ads by STELCO

އެމްޑީޕީ ފިޔަވައިސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން މި އިންތިޚާބަށް ކެނޑިޑޭޓެއް ނެރެފައެއް ނުވެއެވެ. އަދި މިހައިތަނަށް އަދާލަތުން މި އިންތިޚާބުގައި ތާއީދު ކުރައްވާނެ ކެނޑިޑޭޓެއް ހާމަކޮށްފައެއް ވެސް ނުވެއެވެ. އަދާލަތުގެ ތަރުޖަމާން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް އަލީ ނަޒީރު މީގެ ކުރިން ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އަދާލަތުން ތާއީދު ކުރާ ކެނޑިޑޭޓެއް ހާމަކުރައްވާނެ ކަމަށެވެ.

ނައިބު ރައީސާ އެކު، މިއަދު މަރޮއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް އަޙްމަދު ޒާހިރު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަޙްމަދު ޒާހިރަކީ މަރޮއްޓަށް އުފަން ބޭފުޅެކެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން ވާދަ ކުރަނީ ޕީޕީއެމްއާއި އެމްއެންޕީންނެވެ. މި ދެ ޕާޓީން ވެސް މި ދާއިރާގެ ރަށްތަކުގައި ގެންދަނީ ކެންޕެއިން ކުރައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!