ޚަބަރު

ރައީސް ނަޝީދު ލަންކާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ސްރީލަންކާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓް މިނިސްޓަރު އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓާޕްރައިސް ޑިވެލޮޕްމަންޓް ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ލަންކާއަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު ލަންކާއަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 16އިން 18އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައެވެ. މިދަތުރުފުޅަކީ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ 05 ވަނަ މަޖިލީހުގެ 2ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިންނާއި އެ ޤައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!