ޚަބަރު

ނިއުޕޯޓް ހުރި ބިން ހުސްކުރަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ނިއުޕޯޓްވިއު ހުރި ބިން/ ފޮޓޯ: އެޑިޝަން

ކުރިން ނިއުޕޯޓް ވިއު ހުރި ބިން ހުސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން އެ ބިން ހުސްކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށެވެ. ނަމަވެސް އެ އެއްބަސްވުން ސެޕްޓެމްބަރު 26، 2019ވަނަ ދުވަހު އެ މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.

އެ ބިމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ސޮއިކުރައްވައި ސްޓްރާޑާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލަކާ އަބްދުއްރަހީމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން 26 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށް ފަހު މިނިސްޓްރީއާ ހަވާލުކުރަން ވާނެ ކަމަށެވެ.

އަދި އެ އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ މިނިސްޓްރީން އެތަން ހުސްކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ 2016ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

އެގޮތުން އެންމެ ފުރަތަމަ އެ ބިން ސްޓްރާޑާ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރުމަށް ފަހު، ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!