ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ "އޯޓިސްޓިކް ކުއްޖެއް" ކަމަށް ވިދާޅުވެ، މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަދި މުނިސިޕަލް ސަރވިސް ކޮމިޓީގެ މެމްބަރު އާދަމް ރަމީޒު ދެެއްކެވި ވާހަކައާ ގުޅިގެން އޭނާ ހޫނު ފެނަށް ވެއްޓި، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 36 ވަނަ ރަސްމީ އާންމު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން މަޝްވަރާ ކުރައްވައިފައި ވަނީ، މާލެ ސިޓީ ކައުންސިލުގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ. މި ޖަލްސާގައި ކައުންސިލަރު އާދަމް ރަމީޒު ވަނީ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާކަން ފާހަގަ ކުރައްވައި، އަކްރަމަށް ފާޑުވިދާޅުވެ، އޭނާއަކީ "އޯޓިސްޓިކް ކުއްޖެއް"ގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
"އަޅުގަނޑު ހައިރާނެއް ނުވޭ، ބައެއް މިނިސްޓްރީތަކުގައި އެބަތިބި އޯޓިސްޓިކް ކުދިން. އޭގެތެރެއިން އަކްރަމް ކަމާލުއްދީންއަކީ އޭގެ ކުއްޖެއް ކަމަށް އަޅުގަނޑު މިބަލަނީ. މިހެން މިބުނާ ސަބަބަކީ އަޅުގަނޑުމެން ހަމަ މަސައްކަތެއް ކުރަން ތައްޔާރު ވާއިރަށް އެބޭފުޅާ އެބަ ބުނޭ، މިކަމެއް ނުވާނޭ. އެކަމެއް ނުވާނޭ." އޭނާ ވިދާޅުވިއެވެ.
އާދަމް ރަމީޒު ވަނީ މިކަމަށް ފަހުން މާފަށް އެދިވަޑައިގެންފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްކޮށް ވިދާޅުވި ވާހަކައެއް ނޫން ކަަމަށެވެ.
"މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑުގެ ވާހަކައިގައި އަކްރަމް ކަމާލުއްދީންއާ މުހާތަބުކޮށް އޯޓިސްޓިކް މީހެއް ކަމަށް ބުނެވުނީތީ މާފަށް އެދެން. އެއީ އެއްގޮތަކަށް ވެސް އޯޓިސްޓިކް ކުދިންނަށް ކުޑައިމީސް ބަހެއްގެ ގޮތުގައި ދެކެވަޑައި ނުގަތުން އެދެން. ވަރަށް ބޮޑަށް މާފު." އޭނާ ވިދާޅުވިއެވެ.
ހިސާބައްވުރެބޮޑައް އަމިއްލައެދުން ބޮޑުވީމާ އޮޅޭގޮއެއްވާނެ
ރަމީޒު އަށް އޯޓިޒަމް ބޭނުން ކުރެވުނީމާ އެރައްދުވަނީ އެފަދަ ކުދިންނަށޯ….
*އިންޑިޔާ އައުޓް* *އިންޑިޔަންއައުޓް* ކީމާ އޭގެމާނަ އަކީ އިންޑިޔާ މިލިޓަރީ އައުޓޯ… ޕިސް ޕިސް
ހިތުހުރިހާ އެއްޗެއް ކިޔާފަ މާފުކުރާށޯ. ބޭފުޅާއަށް އެނގިލައްވާތޯ އޯޓިސްޓިކް ކުދިންގެ މައިންނަށާ އެފަދަ ކުދީންގެ ހިތަށް ކުރާނެ އަސަރު. ބަލަގަ ތިޔަ ބުނުއްވާ އޯޓިސްޓިކް ކުދީން ބޭފުޅާ އަށް ވުރެ މާ ހޭލުންތެރިވާނެ.