ސިޔާސީ

ދުވާފަރު ރައްޔިތުންގެ "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

  • އަތޮޅުތެރޭގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތްތައް ލީޑު ކުރައްވަނީ ރައީސް ޔާމީން
ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅު ލީޑަރު ރައީސް ޔާމީން އިންޑިއާ އައުޓް ކެމްޕެއިނެއްގައި: ފޮޓޯ/ ޕީޕީއެމް

ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވައިލައި، މާދަމާ ރ.ދުވާފަރުގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގަައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ކުރިއަށް ގެންދާ ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކޮށްފައިވާއިރު، މިހަރަކާތްތައް ލީޑު ކުރައްވަނީ ރައީސް ޔާމީނެވެ. އެ މަނިކުފާނު ވަނީ މިއީ ގައުމީ ކެމްޕެއިނެއް ކަަމަށާއި، މި ކެމްޕެއިނަކީ ސީދާ އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެއްކަން ވެސް ހާމަކުރައްވައިފައެވެ.

މާދަމާގެ ހަރަކާތަށް ދުވާފަރު ތައްޔާރުވަމުން އަންނައިރު، ބައެއް އިމާރާތްތަކުގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ދަށުން ކ.އަތޮޅާއި، ފ.އަތޮޅު އަދި ށ.އަތޮޅުގައި ވެސް އެއްވުންތައް ބާއްވައިފައިވެއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ހުއްޓުވަން ޖެހޭ ކެމްޕެއިނެއްގެ ގޮތުގައި ސަރުކާރުގެ އިސްބޭފުޅުން ދަނީ ސިފަ ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުުހުން ނުކުމެ، މިކަން ހުއްޓުވަން ގޮވައިލައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!