ޚަބަރު އިޖުތިމާޢީ

ޖަޕާނު އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަރުވައިފިއެވެ.

Ads by MWSC

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށް ފަހު، ޖަޕާނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށް ޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެއިން ވަޑައިގެންނެވި ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި އައު ސަފީރުގެ ދައުރުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކު ރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967 ވަނަ އަހަރުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!