ޚަބަރު ވިޔަފާރި

ފެނަކައިން ސޯލާ ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް: ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާޑް އެއަރޕޯޓަކަށް ގަން އެއަރޕޯޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޔާދަކުރަނިވި ހަކަތައަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއްގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫ ސިޓީގައި ހިންގަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

Ads by MWSC

ފެނަކަ ކޯޕަރޭޝަނުން ވިދާޅުީވީ، މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭއެއްގެ ދަށުން މިހައިތަނަށް ގާއިމްކުރެވޭ އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 އެމްޑަބްލިއުޕީގެ ސޯލާ ޕީވީ ބެޓެރީ ސްޓޯރޭޖް ސިސްޓަމާ އެކު ހަރުކުރެވިގެން ދާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5 އެމްޑަބްލިއުޕީ ސޯލާ ޕީވީ ހަރުކުރެވިގެން ދާނެއެވެ.

މީގެ އިތުރުން ފެނަކައިން ވިދާޅުވީ، ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާއިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓުގެ 100 އިންސައްތަ އެ ތަނުގައި ގާއިމްކުރެވޭ 2.5 އެމްޑަބްލިއުޕީ ސޯލާ ނިޒާމުން އުފައްދާނެ ކަމަށް ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ. މި ބަދަލާ އެކު ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ވާނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް ދެވޭ ރާއްޖޭގެ ފުރަތަމަ ސޯލަ ޕަވަޑް އެއާޕޯޓަށެވެ.

އައްޑޫގައި ފެނަކަ އިން ހިންގާ މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެއެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑައި އޮކްސައިޑް ވެސް މަދުކުރެވޭނެއެވެ. 

Ads by Allied Insurance
  1. ޙޮސާން

    އައްޑޫއޭކިޔާގެން އަބަދުވެސް މޮޅެތި ހަބަރުފެންނާނެ. ޚުރާކސމެއް ލޮލަކައް ނުފެނޭ. ހުސްސާވޭ އެކަމުން ނިމޭދުވަހެއް ނާދޭ. ހިތަދޫގަ ބަދަރެއްވެސް ހަދަންފެށި އެވެސްވީ އިބުލީހުގެ ….ކައް. ތިވެސްވާނީ ހޮޅިޖަމަކައް… 1.5ބިލިއަން ރުފިޔާގެ މަސައްކަތްވެސް ހިނގާތަނެއް ނުފެނޭ….