Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލޯބިވެރިޔާ މިފަދަ ކަންކަން ކުރަން ބުނާނަމަ ގުޅުން ކަނޑާލާ!

ލޯބިވެރިޔާ މިފަދަ ކަންކަން ކުރަން ބުނާނަމަ ގުޅުން ކަނޑާލާ!
ކޮންމެ މީހެއްގެވެސް ދިިރިއުޅުމަކީ އެމީހެއްގެ ޒާތީ ކަމެކެވެ. ދިރިއުޅުމުގެ ބައެއް ކަންކަމަށް ހަމައެކަނި ހިނގަން ޖެހޭނީ އަމިއްލަ މީހާގެ ބާރެވެ. ދިިރިއުޅުމަށް ލޯބިވެރިޔެއް ނުވަތަ ހަޔާތުގެ ބައިވެރިއެއް ލިބޭ ހިސާބުން ދިިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ވަރަށް ގިނަ ކަންކަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ހިތްހަމަ ޖެހޭ ގޮތަށް ބަދަލު ކުރަން ޖެހެއެވެ. އެހެން ނަމަވެސް ކޮންމެ ކަމަކަށްވެސް އިމެއް އޮންނަ ފަދައިން، ލޯބިވެރިޔާއަށްވެސް ތިބާ ގާތުގައި ކުރަން ނުބުނެވޭނެ ކަންކަން ހުންނާނެއެވެ. ކުރިންވެސް ފާހަގަކޮށްލި ފަދައިން ދިރިއުޅުމުގެ ބައެއް ކަންކަމަކީ މީހަކު ބުނާ އިރަށް ބަދަލުކުރެވޭ ކަހަލަ ކަންތައްތަކެއް ނޫނެވެ. ދިރިއުޅުމުގެ އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި ހިމެނޭ ދީނުގެ މުހިންމު އަސާސްތަކާއި ، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތަކާއި އަދާކުރާ ވަޒީފާ ފަދަ ކަންކަން ބަދަލުކުރުމަށް ލޯބިވެރިޔާ ބުނާނަމަ އޭނާއާއި ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާތޯ ސުވާލު އުފައްދަން ޖެހެއެވެ. މިސާލަކަށް ބުރުގާ އެޅުމާ މެދު ހިތްހަމަ ނުޖެހި ބުރުގާ ނަގަން ބުނާ ލޯބިވެރިން ނުވަތަ ފިރިން މަދުން ނަމަވެސް ފެނެއެވެ. ހަމައެހެންމެ އާއިލީ ގުޅުންތައް ކަނޑާލުމާއި ސަބަބެއް ނެތި ވަޒީފާއިން ކެނޑެން ނުވަތަ ބަދަލުކުރަން އަންގާ މީހުން އުޅޭކަމީ ވެސް ދެރަވަރު ކަންކަމެވެ. ފޯނާއި މީސްމީޑިއާގައި ގެންގުޅޭ އެކައުންޓްތަކުގެ ޕާސްކޯޑް ދިނުމަށް ލޯބިވެރިން އާއްމުކޮށްވެސް ބުނާނެއެވެ. އެހެން ނަމަވެސް، ހަގީގަތަކީ ފޯނު ޕާސްކޯޑާއި އެފްބީ އެކައުންޓްގެ ޕާސްކޯޑަކީ ވަރަށް ޒާތީ އެއްޗެއްސެވެ. ލޯބިވެރިޔާ ކިތަންމެ ވަރަކަށް ބޭނުންވެގެން ބުނި ނަމަވެސް ތިބާ އެންމެ ޒާތީ މައުލޫމާތުތައް ހިއްސާ ކުރުމަކީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. ތިބާ މުޅި އުމުރު އެކީ ވޭތު ކުރަން އިހްތިޔާރު ކުރާ ބައިވެރިޔާ ވާން ޖެހޭނީ، ތިބާގެ ދިރިއުޅުމުގެ އެންމެ ޒާތީ ކަންކަމަށް އިހްތިރާމު ކުރާ މީހަކަށެވެ. ތިމާއަށް އިތުބާރުކުރާ މީހަކަށެވެ. ލަނޑު ދިނުމަކީ ނުވަތަ ބޭވަފާތެރިވުމަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި އެއްވެސް ގޮތަކަށް އޮންނަން ޖެހޭނެ ކަންކަމެއް ނޫނެވެ. ހަގީގަތުގައި ބޭވަފާތެރިވުމަކީ އެއްވެސް ގުޅުމެއްގައި އޮވެގެން ވާނެ ކަންކަމެއް ނޫނެވެ. ލޯބިވެރިޔާ ތިބާ އަށް ބޭވަފާތެރި ވާނަމަ އެއީ އަޅާނުލާ ދޫކޮށްލާވަރުގެ ކަންކަމެއް ނޫނެވެ. އެފަދަ ނުރަނގަޅު ސިފަތައް ހަޔާތުގެ ބައިވެރިޔާ ފުށުން ފެންނަމަ ތިގުޅުން ނިންމާލަން ޖެހޭ ވަގުތު އެވަނީ ކައިރިވެފައެވެ. ގަސްތުގައި ބޭވަފާތެރިވުމަކީ މާފުކުރެވޭ ކަހަލަ ކުށްތަކެއް ނޫނެވެ. ކޮންމެ މީހެއްގެވެސް ކުޑައިރުއްސުރެ އެކީ އުޅުން އެންމެ ގާތް އެކުވެރިއެއް ހުންނާނެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަން ހިއްސާކޮށް، ކަންކަން މަޝްވަރާ ކުރާނީ އެންމެ ގާތް އެކުވެެރިޔާއެވެ. ލޯބީގެ ގޮތުން މީހަކާއި ގުޅުމަށްފަހު، އެމީހާ ހިތްހަމަ ނުޖެހޭތީ އެންމެ ގާތް އެކުވެރިޔާއާއި އޮންނަ ގުޅުން ކަނޑާލުމަކީ އަދި މުޅިއަކުން ރަނގަޅު ކަމެއް ނޫނެވެ. ހަގީގަތުގައި، ތިބާ ދެކެ ލޯބިވާ ބައިވެރިއެއް ނަމަ ތިބާގެ އެންމެ ގާތް އެކުވެރިޔާ އާއި ތިބާއާއި އެއްވެސް ގަބޫލުކުރޭ ސަބަބަކާއި ނުލާ ދުރުކުރަން ނޫޅޭނެއެވެ. އެހެން ކަމުން އެ ސިފަ ލޯބިވެރިޔާ ކިބައިން ފެންނަ ނަމަވެސް އެ ގުޅުމަކީ އެންމެ ހަރުދަނާ ގުޅުމެއް ނޫނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް