ސިޔާސީ

އެއްވެސް ކެނޑިޑޭޓަކަށް ތާއީދެއް ނުކުރަން، އެކަމަކު މިތިބީ ކޯލިޝަންގައި: އެމްއާރްއެމް

  • އެމްއާރްއެމްއިން ބުނީ ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެންމެ ރަނގަޅު ވާނީ ރައްޔިތުންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުން ކަމަށް
ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން

ކުރިއަށް އޮތް ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއާރްއެމްއިން އެއްވެސް ކެނޑިޑޭޓަކު އެންޑޯޒް ނުކުރި ނަމަވެސް، އެޕާޓީން އަދިވެސް ތިބީ ސަރުކާރުގެ ކޯލިޝަންގައި ކަމަށް ބުނެފިއެވެ.

Ads by MWSC

އެމްއާރްއެމްއިން އިއްޔެ ނެރުނު ބަޔާނުގައި ބައި-އިލެކްޝަނަށް ކެމްޕެއިން ކުރާ ޕާޓީތަކުން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރުމަށް ވަނީ ގޮވައިލައިފައެވެ. އެހެން ނަމަވެސް ވަކި ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރާ ކަމެއް، ނުވަތަ ނޫން ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން އެމްއާރްއެމްގެ ތަރުޖަމާނު އިސްމާއީލް ނާއިލް ވިދާޅުވީ އެ ޕާޓީން އަދި ވަކި ކެނޑިޑޭޓަކު އެންޑޯޒް ނުކުރާ ކަމަށެވެ. އަދި އެޕާޓީން ބޭނުން ވަނީ ރައްޔިތުންނަށް ފެންނަ ގޮތަކަށް މި އިންތިހާބުގައި ވޯޓު ދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަނީ. އެއްވެސް ކެނޑިޑޭޓެއް އެންޑޯޒް ނުކުރި ނަމަވެސް، އެމްއާރްއެމްއިން އަދިވެސް މިތިބީ ސަރުކާރު ހިންގާ ކޯލިޝަންގައިކަން ފާހަގަކޮށްލަން." އޭނާ ވިދާޅުވިއެވެ.

އެމްއާރްއެމްއިން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ނުކުރަން ނިންމިއިރު، ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއިން ވަނީ ރާޝިދަށް ތާއީދު ކުރަން ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!