އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންއަށް އޮޅިވަޑައިގެން ވިދާޅުވެވުނީ ރާޝިދު ބަލިކުރާނެ ކަމަށް
އަންނަ ފެބްރުއަރީ ފަސްވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ށ.ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ބަލި ކުރައްވާނެ ކަމަށް އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ރާޝިދުގެ ކެމްޕެއިންގައި ރޭ ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
މި ޖަލްސާގައި ދެއްކެވި ވާހަކައިގައި ރާޝިދު ބަލި ކުރައްވާނެ ކަމަށް އަހުމަދަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ބެލެވެއެވެ.
އޭނާގެ ވާހަކައިގައި ޕީޕީއެމްގެ ކެނޑިޑޭޓް އަލްއުސްތާޒު މޫސާ ފަތުހީއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ފަތުހީ އިންތިހާބުވެއްޖެ ނަމަ، ސަރުކާރުން ހިންގާ ތަރައްގީއަށް ހުރަސް އަޅުއްވާނެ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ، ބޮޑުތަނުން، އިރާދަކުރެއްވިއްޔާ، 05 ފެބްރުއަރީ ވަނަ ދުވަހު ހެނދުނު އިރުއަރާއިރު ފަށާ ގޮތަށް އަޅުގަނޑުމެން ރާޝިދު އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން ބަލިކޮށްފައި މި އިންތިހާބު ނިންމައިލާނީ." އޭނާ ވިދާޅުވިއެވެ.
އަހުމަދު އިތުރަށް ވިދާޅުވީ ކޮންމެހެން މުހިންމީ ރާޝިދަށް ވޯޓު ދިނުން ނޫން ކަމަށާއި، ތިލަފަތަށް ވޯޓު ދިނުން ކަމަށެވެ. އޭރުން އެވޯޓު ދެވެނީ އެމްޑީޕީގެ ސިޔާސަތަށާއި، އެޕާޓީން ކުރަމުން އަންނަ މަސައްކަތަށް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓް، ރާޝިދު ބަލި ކުރާނެ ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބަށް ވިދާޅުވެވުމުން، އެ ވީޑިއޯ އަންނަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރު ކުރަމުންނެވެ.
ޢަހުމަދު އަބުދުﷲ ހުރީ ހަމަގައި ނޫން.