ދުނިޔެ

ކޮވިޑް-19 ވެކްސިން ނުޖެހުމުން ހިތުގެ އޮޕަރޭޝަނެއް ނުކޮށްދިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިތް ޓްރާންސްޕްލާންޓެއް ހަދަން ތާވަލްކޮށްފައިވާ ބަލި މީހަކު، ކޮވިޑް-19 ވެކްސިން ޖަހަން އުޒުރުވެރިވުމުން އޮޕަރޭޝަން ނުކުރަން އެމެރިކާގެ ހޮސްޕިޓަލަކުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ބްރިގޭހަމް އެންޑް ވިމެންސް ހޮސްޕިޓަލުން މިގޮތަށް ނިންމައިފައި ވަނީ، ކޮވިޑް-19 ވެކްސިން ނުޖެހެމުން ކަމަށާއި ވެކްސިން ޖެހުމާ ދަރިފުޅު ދެކޮޅުވާނެ ކަމަށް ބަލި މީހާގެ ބައްޕަ ބުނެފައިވެއެވެ.

ޑީޖޭ ފަރގަސަން، 31، އަކީ ހިތް ޓްރާންސްޕްލާންޓަށް ބޭނުން ވެފައިވާ މީހެކެވެ. ހިތް ޓްރާންސްޕްލާންޓް ނުކޮށްފި ނަމަ މަހެއް ތެރޭ މަރުވާނެކަމުގެ އިންޒާރު މީގެ ކުރިން ދީފައިވާ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އަދި ވެކްސިން ނުޖެހުމަކީ މީހެއް މެރުމަށް އޮތް އަސާސެއް ނޫން ކަމަށާއި ވެކްސިން ޖެހުން އެމެރިކާގައި މަޖުބޫރު ނޫން ކަމަށް ބައްޕަ ބުންނެވެ.

މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ މި ކޭސްގައި ވެސް އަމަލުކުރަމުން ދަނީ އުސޫލުގެ ދަށުން ކަމަށެވެ. އަދި ހިތް ފަދަ ގުނަވަންތަކަކީ ވަރަށް މަދުން ލިބޭ ގުނަވަންތަކެއް ވުމުން، ވީހައި ވެސް ސިއްހީ ގޮތުން ރަނގަޅު ގިނަ ދުވަހު ދިރިއުޅެވޭ މީހުންނަށް އިސްކަންދޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ވެކްސިން ނުޖަހާ މީހުންނަކީ އާއްމު ސިއްހަތަށް ރަނގަޅަށް ނުބަލާ މީހުން ކަމަށް ހޮސްޕިޓަލުން ޤަބޫލު ކުރެއެވެ.

ޑީޖޭ ފަރގަސަންއަކީ ހިތުގެ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ހުންނަ މީހެކެވެ. މިދިޔަ އަހަރު ނޮވެންބަރު މަހުން ފެށިގެން އޭނާ އޮތީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. މިހާރު އޭނާ ކޯމާއަކަށް ގޮސްފައިވާއިރު، މި މަސްތެރޭ އޮޕަރޭޝަން ނުކޮށްފި ނަމަ ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!