ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުރި ފަތުރުވެރިޔަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އެއަރޕޯޓް ސްމޯކިން އޭރިއާގައި ހުއްޓައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ އެއަރޕޯޓް ސްމޯކިން އޭރިއާގައި ހުރި 63 އަހަރުގެ ބްރިޓިޝް ފިރިހެނެއް ހަބަރު ހުސްވެ ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިއަދު 08:42 ހައިއިރު ލިބިފައިވާ ކަމަށެވެ.
އެމީހާއަށް އެއަރޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާ ދިނުމަށް ފަހު މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.