ވިޔަފާރި

އަމްރާއެކު އެސްޓީއޯއަށް މި އަހަރު ވެސް ބޮޑު ފައިދާއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު/ ފޮަޓޯ: އަވަސް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިތުރުވުމާއެކު، ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިއްޖެއެވެ.

Ads by Sosun Fihaara

މިއީ މިދިޔަ އަހަރަށް ބަލާ ނަމަ އެސްޓީއޯއަށް ލިބުނު ފައިދާ ބޮޑުތަނުން އިތުރު ވުމެކެވެ.

މިއަދު އެސްޓީއޯ އިން އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި، ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 131 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގައި 154 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ.

ކުއާޓަރުތަކުން އެސްޓީއޯގެ ފައިދާތައް

▪︎ 2020- ހަތަރު ވަނަ ކުއާޓަރު: 91 މިލިއަން
▪︎ 2021- އެއް ވަނަ ކުއާޓަރު: 109 މިލިއަން
▪︎ 2021- ދެވަނަ ކުއާޓަރު: 110 މިލިއަން
▪︎ 2021- ތިންވަނަ ކުއާޓަރު: 129 މިލިއަން
▪︎ 2021- ހަތަރުވަނަ ކުއާޓަރު: 131 މިލިއަން

އެސްޓީއޯގެ މާލީ އުސްއަލިތައް

▪︎ އާމްދަނީ 3.2 ބިލިއަން
▪︎ ސާފު ފައިދާ 131 މިލިއަން
▪︎ ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާ 154 މިލިއަން
▪︎ ޖުމްލަ އާމްދަނީ 397 މިލިއަން
▪︎ ހަރަދު 253 މިލިއަން

ރިޕޯޓުން ބުނާ ގޮތުގައި މިދިޔަ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެޔޮ ވިއްކައިގެންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން 2.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ ނޫން ގޮތްގޮތުން 808 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވެއެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 397 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯ ހިންގުމާ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ހަވާލުވެލެއްވި ފަހުން، އެ ކުންފުންޏަށް ގިނަ ފައިދާތަކެއް ވަމުން އަންނަކަން އެތައްބަޔަކު ފާހަގަ ކުރެއެވެ.

Ads by Ooredoo
  1. ކޭޑީ

    ތިފައިދާތިހޯދަނީ ދިވެރައްޔަތުންގެ ފެލާގެން ސަރުކާރުން ހުޅުމާލެ ފޭސް 2 ހިޔާފުލެޓު ހަވާލުކުރުމާއެކު އެސްޓިއޯއިންކާ އިލެކުޓުރޯނިކުސާމާނުގެ އިންތިހާއަށްއަގުބޮޑުކުރި ޚާއްސަކޮށް އެސްޓިއޯއިންވިއްކާ އިންވާޓާ އައިސްއަލަމާރިއަގު %30 %40ައަގު ބޮޑުކުރި ހިފުލެޓުތަކުގެ އާބާދީގެ %95 މީހުން ފުލެޓުހަދަނީލޯނުނަގައިގެން ފުލެޓުއާބާދީގެބޮޑުބައެއްލޯނުނެގީ އިސްލާމީބެންކުން އެހެންވެބެންކުންދެނީ ދެނީ މުދާ ގިނަމީހުންމުދާނެގީ އެސްޓިއޯއިން އެހެންވެ އެސްޓިއޯއިން ދިވެހިރައްޔިތުންެގެލޭބޯލީ މީއެސްޓިއޯއިން ފައިދާހޯދިގޮތަކީ