ޚަބަރު ސަރުކާރު

ކުރިޔަށް އޮތް ދެ އަހަރު ޕީޕީއެމްގެ ކެނޑިޑޭޓަށް ކޮށްދެވޭނެ ކަމެއް ނެތް: ރޮޒައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ރޮޒައިނާ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/އެމްޑީޕީ

މި ސަރުކާރުގައި ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އިދިކޮޅުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ކެނޑިޑޭޓަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ޓަކައި ރޭ ށ. ފޯކައިދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވަނީ އިދިކޮޅު ކެނޑިޑޭޓަށާއި އިދިކޮޅުގައި އޮތް ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ.

މިގޮތުން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް ވަޑައިނުގެން، މިހާރު އެ ދާއިރާއަށް ވަޑައިގަންނަވަން ރައީސް ޔާމީން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އަދި އަމިއްލަ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް ނުގެނެސްދިން ތަރައްޤީއެއް މިވެރިކަމުގައި ގެނެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މި ސަރުކާރުގެ މިއޮތް ދެ އަހަރުގެ ތެރޭގައި އެ ބޭފުޅާއަކަށް ކޮށްދެވޭނެ ކަމެއް ނެތް. އަޅުގަނޑުގެ ސުވާލަކީ ތި ބޭފުޅާ ތި ވަޑައިގަންނަވަނީ، މި ރަށުގައި ސަރުކާރުން ކަންތައްތައްކޮށް ދެމުންދާތީ އެކަން ހުއްޓުވަންތޯއޭ. ނުވަތަ ޖެއްސުން ކުރަންތޯއޭ ތި ވަޑައިގަންނަވަނީ. ހެޔޮ ހިތުން ކަމެއްކޮށްދޭ ނަމަ ތިމާމެންގެ ވެރިކަމުގައި އެކަމެއް އޮންނާނީ ކޮށްދީފައި." ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި، އިދިކޮޅު ކެނޑިޑޭޓް ފަތުޙީއަށް ރޮޒައިނާ ވަނީ ބަހުގެ ހަމަލާތެއް ރައްދު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، އާރާއި ބާރު އޮތްއިރު، ރައްޔިތުން ކައިރިއަށް ނައިސް، މިއަދު ރައްޔިތުންގެ ޝުއޫރުތަކުގެ ވާހަކަ ދައްކަން ލަދު ނުގަންނަ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުން ވެސް އެމްޑީޕީއަށް ވޯޓް ދެއްވުމަށް ރޮޒައިނާ އެދިލެއްވިއެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި، އެ ދާއިރާގެ ކުރީގެ މެންބަރު ހުސެއިންގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތްޕުޅަކީ އަގު ނުކުރެވޭ ފަދަ މަސައްކަތްޕުޅެއް ކަމަށެވެ. އަދި ވަރަށް ބަލި ހާލުގައި އުޅުއްވަމުން ވެސް ދާއިރާގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެއްވިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ބަޖެޓް ފާސް ކުރުމުގެ ކުރިން ރައީސް ޞާލިޙްގެ އަރިހަށް މެންބަރުން ކުރި ޒިޔާރަތުގައި ހަސަން ބައިވެރިވި ކަމަށާއި އަދި ހަސަން ނެތް ދުނިޔެއެއްގައި ވެސް ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދު ފުއްދުމަށް ރައީސް ޞާލިޙަށް ވަޞިއްޔަތް ކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ކޮށްދޭ ތަރައްޤީގެ މަޝްރޫއަކީ ވޯޓަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ ހުސެއިންނަށް ރައީސްވި ވައުދު ފުއްދައި ދިނުންކަމަށެވެ. އަދި މިހާރު ކޮމަންޑޫ ދާއިރާގެ ށ. ފޯކައިދޫގައި ހިނގަމުން އަންނަ ތަރައްޤީގެ މަޝްރޫއުތައް ވިދާޅުވިއެވެ.

"އިންޖީނުގެ ރީލޮކޭޓް ކުރެވިފައި. ފުޓް ބޯޅަ ގްރައުންޑް ޓާފަށް ބަދަލު ކުރެވިފައި. ވޭސްޓް މެނޭޖްމެންޓް ބިޑް ކުރެވިފައި. ޒަމާނީ ޕޮލިސް ސްޓޭޝަނެއް ބަޔަކާ ހަދަން ހަވާލު ކުރެވިފައި. ހެލްތް ސެންޓަރުގެ އާ އިމާރާތް ބިޑް ބަޔަކާ ހަވާލު ކުރެވިފައި. އައުޓް ޑޯ ޖިމް ނިމިފައި. އިންޑޯ ޖިމްގެ ސާމާނު މި މަހު ރަށަށް އެބަ އަންނަ ކަމަށް މައުލޫމާތު ލިބޭ. ބަނދަރު ނިމުމުން އާޓިފިޝަލް ބީޗްގެ މަސައްކަތް އެމްޓީސީސީން ކުރައްވާނެ ކަމަށް. ފެރީ ޓާމިނަލްގެ ވާހަކަ އެބައޮތް. ފުޓްސަލް ދަނޑު އޮތީ އިއުލާން ކުރެވިފައި. ވޮލީ ކޯޓެއް އެޅުމަށް ބަޖެޓް ކަައުންސިލާ ހަވާލު ކުރެވިފައި. އަދި އެންބިއުލާންސް ވެސް މިހާރު ލިބިފައި ވަނީ" ރޮޒައިނާ ވިދާޅުވިއެވެ.

  1. ށަވޔަނި

    ބޮޑުއަނގަޔާހުރެ އަންހެން ކަނބަލުން ލަދުގަނޭ ހުރިގޮތް…ސުބުޙާނަﷲ ﷲ އަށް ބިރުވެތިވޭ

  2. ޗޮއްޕަޓޭ

    ތިކަހަލަަ އަމިއްލަަ އެދުންބޮޑުމީހުންނައްް އަމިއްމަސްލަހަތުފިޔަވާާ އިތުރުކަމަކައްް ނުވިސްނޭނެެ އެނގޭނީވެސްް އަމިއްލަމަސްލަހަތުު ކުރެވޭނީވެސްް އަމިއްލަމަސްލަހަތުު ހިމާޔަތްކުރުންް އަމިއްލަނަފުސައްވިސްނަބަލާާ ތިބާގެެ އުމުރުންތިހާވަރުވެފާވާއިރުު އަމިއްލަނުފޫޒުބޭނުންކޮއްް އަމިއްލަކޮއްފާހުރިި އެއްޗިއްސާާ ތަންތަނާާ އެހެންމީހުންނައްް އޮޅުވާލުމައްކުރިި މަސައްކަތްތައްް މިހާރުވެސްް ތިތެޅިއަރުވަނީީ ކޮންމެވެސްް އެއްޗިހިތަކެއްފޭރިގަންނަންދޯޯ