އެމްޑީޕީގެ ފަލްސަފާއަކީ އިސްލާމީ އުސޫލުތަކާ، އާހިރަތަށް އެދޭ މުޖްތަމައުއެއް ބިނާ ކުރުން: ހަސަންޓޭ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަލްސަފާއަކީ އިސްލާމީ އުސޫލުތަކާއި، އާހިރަތަށް އެދޭ މުޖްތަަމައުއެއް ބިނާ ކުރުން ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހުމަދު ހަސަން(ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހަައްމަދު ރާޝިދުގެ ކެމްޕެއިނަށް، ރޭ ކޮމަންޑޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަންޓޭ ވިދާޅުވީ އެމްޑީޕީއަކީ ނުފުއްދޭ ވައުދުވާ ޕާޓީއެއް ނޫން ކަމަށާއި، ވައުދު ފޮތް އެ ޕާޓީން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަނީ ރަނގަޅަށް ހިސާބު ޖަހައިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ އޮތީ އެންމެ ބޭނުމެއް، އިސްލާމީ އުސޫލުތަކާއި އާހިރަތަށް އެދޭ މުޖްތަމައުއެއް ބިނާ ކުރުން. އެއީ އެމްޑީޕީގެ ފަލްސަފާއަކީ." އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅޭގޮތުން ސިޔާސީ ވާދަވެރިން އެކި ވާހަކަތައް ދައްކަމުން އަންނަކަން ފާހަގަ ކުރައްވައި ހަސަންޓޭ ވިދާޅުވީ ވާދަވެރިކަމުގައި އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން ނުވާނެ ކަމަށެވެ.
އެގޮތުން ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް ހޮވިއްޖެ ނަމަ، ބަނދަރު ފަދަ ހަރު މުދާތައް ވިއްކައިލާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ލިބުނު ކަމަށާއި، އެހެން ނަމަވެސް އެއްވެސް އެއްޗެއް ވިއްކައިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ޖަމީލަށް ދަންނަވައިލަން ބޭނުން. ތިޔަ ބޭފުޅުންނަށް ރައީސް ޔާމީން އަނިޔާ ކުރީމާ، އަޅުގަނޑުމެންގެ މައިންބަފައިންނާ އަޅުގަނޑުމެންގެ ދަރިންނާ ދޫކޮށް، މަގުމަތީގައި އުޅުނީ އަޅުގަނޑުމެންނޭ." އޭނާ ވިދާޅުވިއެވެ.
ހަސަންޓޭ އިތުރަށް ވިދާޅުވީ ރަށްރަށުގައި ފެނާ ނަރުދަމާގެ މަޝްރޫއުތައް ހިންގައި، ރައްޔިތުން ނަޖިހުން ތާހިރު ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމަކަށްވާއިރު، އެފަދަ މަޝްރޫއުތަކަކީ "ބިޔަ" މަޝްރޫއުތަކެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ކަަމަށެވެ. އެހެން ނަމަވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުވާ، އެފަދަ މަޝްރޫއުތަކަކީ އެންމެ މުހިންމު މަޝްރޫއުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުސް ދޮގު
މާއްދިއްޔަތައް ހެލުންތެރިކުރުވާ ޔަހޫދީ ފަލްސަފާ ދިރުވާ އާލާކުރުން.
ލޮލް
އަންނަނީ ހިނި ހަސަންޓޭ ކަލޯގެ ފަތިފުން ނޫހަކު ނުލިޔެވޭނެ
ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅޭ ސިޔާސީން ނަކީ !