އަހަރުގެ ފުރަތަމަ ރީތި ތާރީޚުގައި 39 ކައިވެނި

މި އަހަރުގެ ފުރަތަމަ ރީތި ތާރީޚްކަމަށް ފާހަގަ ކުރެވޭ 02-02-2022ގައި 39 ކައިވެނި ކުރަން ނިންމައިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
02/02/22 ވަނަ ދުވަހު ގިނަ ބަޔަކު މާލޭގައި ކައިވެނި ކުރަން ނިންމައިފައިވާ އިރު، މި ތާރީޚްގައި އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ކައިވެނިތައް ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ ތަފްސީލް ލިބިފައެއް ނުވެއެވެ.
ފެމިލީ ކޯޓުން ވިދާޅުވީ، މާދަމާ ކޯޓުގައި 28 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ އިރު، ކޯޓުން ބޭރުގައި 11 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ،
މިދިޔަ އަހަރު 21/12/2021ގައި މާލޭގައި 57 ކައިވެނި އޮތެވެ. އެއީ އެ އަހަރު އެންމެ ގިނަ ބަޔަކު ކައިވެނި ކުރި ދުވަހެވެ.