ޚަބަރު

ރިޔާސީ ބަޔާން އިއްވުމަށް ފަހު ރައީސް ނަޝީދުއާ އެކު ރައީސް ޞާލިޙް ކޮމަންޑޫ ދާއިރާއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ބައި އިލެކްޝަން ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެ ރައީސުން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 12:30ގައެވެ. މި ދަތުރުފުޅުގައި ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް މީގެ ކުރިން ރައީސް ޞާލިޙް ވަނީ އެދާއިރާގެ ކޮމަންޑޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާއެއް ބާއްވަވައިފައެވެ. އަދި އޭގެ ފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ދާއިރާއަށް ވަޑައިގަންނަވައިފައެވެ. އެ ދަތުރުފުޅުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވީ ނަމަވެސް އެމަނިކުފާނު ކޮވިޑަށް ފައްސިވުމުން ދަތުރުގައި ބައިވެރިވެވަޑައިއެއްނުގެންނެވުނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ މޫސާ ފަތުޙީއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީހެވެ.

Ads by HDC
  1. އަހްމަދު

    ޢެ ކިއްވެތަ
    ޥެރިކަންް ވެސްް ކޮމަންޑޫއަށބަދަލ ކޮށްފ ނައްޓާލަނީތަ

  2. ކަތްދަ

    ތީ ކުރާނެ ނުކުރާނެ ކަމެއްނޭންގިގެން ހޭވޭ ދޭތި